ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-D/1/2013/67
ޕަބްލިޝްކުރި ތާރީޚް: 18 އޭޕްރިލް 2013
ޕަބްލިޝްކުރި ގަޑި: 21:06
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުރަމާލެއާއި ވިލިނގިލީ އަވަށުގައި ފައިބަރުކުރުމަކީ މަނާކަމެއްކަން އަލުން ހަދާންކޮށްދިނުން، އަދި އެއީ ޢާއްމު އިޖުތިމާއީ މިންގަޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަނާކަމެއްކަން އެންގުން

ފުރަމާލެއާއި ވިލިނގިލި އަވަށުގައި ފައިބަރު ކުރުމަކީ މަނާކަމެއްކަންވަނީ، ނަންބަރު: A/1994/42 ( 02    ފެބުރުއަރީ 1994) ގެ އިޢުލާނުން ޢާންމުކޮށްފައެވެ. ނަމަވެސް މިހާރަކަށް އައިސް ފުރަމާލޭގެ ބައެއް ސަރަޙައްދުތަކުގަޔާއި،  ވިލިނގިލީ އަވަށުގައި ފައިބަރު ކުރުންދަނީ އާންމު ވަމުންނެވެ.

 ފައިބަރު ކުރުމުގައި ބޭނުންކުރާ ކެމިކަލަކީ،  އޭގެ ވަހާއި އޭގެ ގޭހުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް، އެ ސަރަޙައްދުގައި ހުންނަ ގޭގޭގައި ދިރިއުޅޭ މީހުންނާއި ހިނގާބިނގާވާ މީހުންނަށް ލިބެމުންދާފަދަ ކެމިކަލެކެވެ.  އަދި އެކަމުގެ އުނދަގޫ  އާންމުންނަށް ފޯރުމުން ލިބެމުންދާ ޝަކުވާއަކީވެސް ބަލައިގަންނަންޖެހޭ ޝަކުވާއެކެވެ.

 ވީމާ، ފުރަމާލެއާއި  ވިލިނގިލީ އަވަށުގެ އެއްވެސް ސަރަހައްދެއްގައި ފައިބަރު ކުރުމުގެ މަސައްކަތް ކުރުމަކީ  މަނާކަމެއްކަން އަންގައި  އިޢުލާން ކުރީމެވެ.  އަދި ފައިބަރު ކުރާ ފަރާތްތަކާމެދު،  އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނު  ނަންބަރ11/2010 ގެ  2 ވަނަ ބާބުގެ އާންމު އުނދަގޫކުރުން ސުރުޚީގެ (ވ) ގެ ދަށުން ޤާނޫނީ ފިޔަވަޅު އެޅޭނެކަންވެސް އެންގީމެވެ.

18 އޭޕްރިލް 2013