ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)280-AHR/INDIV/2018/40
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 24 އޮކްޓޫބަރު 2018 13:30
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2018

    ޤާނޫނު ނަންބަރު 2010/7 ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ) ގެ 35 ވަނަ މާއްދާއާއި 57 ވަނަ މާއްދާގެދަށުން ކޮންމެ ރަށުކައުންސިލަކާއި ކޮންމެ ސިޓީކައުންސިލެއްގެ ބެލުމުގެ ދަށުގައި އޮންނަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިޚާބު 2018 ނޮވެމްބަރ 17 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

 

    ގަވާއިދު ނަންބަރު 2012/R-14 ( އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ގަވާއިދު ) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މިދަންނަވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހުންނަށް 2018 އޮކްޓޯބަރ 17 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ންފެށިގެން 2018 އޮކްޓޯބަރ 24 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30 އާ ހަމައަށް އެފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

1-   ޤަވާއިދު ނަންބަރު 2012/R-14 ( އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ޤަވާއިދު ) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުކަމަށް ކުރިމަތިލާމީހެއްގައި އަންނަނިވި ޝަރުޠު ފުރިހަމަވާންވާނެއެވެ.

 

(ހ) އެރަށެއް ނުވަތަ ސިޓީއެއްގެ އަންހެނުންގެ ތެރެއިން މީލާދީގޮތުން ޢުމުރުން 18 ( އަށާރަ ) އަހަރު ވެފައިވާ ބުއްދި ސަލާމަތުންހުރި ދިވެހި ރައްޔިތެއްކަމުގައިވުން.

(ށ) އެރަށެއްގައި ނުވަތަ ސިޓީއެއްގައި އިންތިޚާބީ ދާއިރާއެއްގައި ރަށްވެހިވެ ދިރިއުޅޭމީހަކު ކަމުގައިވުން.

(ނ) ދިވެހިރާއްޖޭގެ އަސާސީ ތަޢުލީމްގެ ފެންވަރުހުރި މީހަކުކަމުގައިވުން.

(ރ) ޖިނާޢީ ކުށެއްގެ ޙުކުމް ތަންފީޛު ކުރެވެމުންދާ މީހެއްކަމުގައިނުވުން.

(ބ) ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިހުރި މީހަކުކަމުގައިނުވުން.

(ޅ) އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް ޖިންސީ، ޖިސްމާނީ ހާނީއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީޢަތަށް ސާބިތުވެފައިނުވުން.

(ކ) މުސްލިމަކު ކަމުގައިވުމާއި ސުންނަތް ޖަމާއަތުގެ މީހަކުކަމުގައިވުން.

(އ) ފުލްޓައިމް ދަރިވަރަކު ކަމުގައިނުވުން.

(ވ) ވޭތުވެދިޔަ 5 އަހަރު ތެރޭގައި އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ސާބިތުގެ އެޙުކުމް ތަންފީޛުކޮށްފައިވާ މީހަކަށްނުވުން.

(މ) ރައްޔިތުން އިންތިޚާބު ކޮށްފައިވާ މަޤާމެއްގައިހުރި މީހަކުކަމުގައިނުވުން.

 

2-      އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު އަންނަނިވި މަޢުލޫމާތާއި، ތަކެތި ރަށު/ ސިޓީ އިލެކްޝަން ކޮމެޓީއަށް ހުށަހަޅަންވާނެއެވެ.

 

(ހ) ފުރިހަމަ ނަން.

(ށ) އުފަން ތާރީޚް.

(ނ) ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ( ދިވެހިރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފް ފޮޓޯކޮޕީއަކާއެކު )

(ރ) ދާއިމީ އެޑްރެސް ( އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް )

(ބ) މިހާރު ދިރިއުޅޭ އެޑްރެސް ( އަތޮޅާއި ރަށާއި އެޑްރެސް އެނގޭގޮތަށް )

(ޅ) އިންތިޚާބަށް ކުރިމަތިލާ ކޮމެޓީ ހިމެނޭ ކައުންސިލް

(ކ) ވޭތުވެދިޔަ 5 އަހަރު ދުވަހުގެތެރޭގައި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރި ތަންތަނުގެ ނަމާއި މަޤާމުގެނަން.

(އ) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ކުރިމަތިލާމީހުން ދައްކަންޖެހޭ -/250 ( ދުއިސައްތަ ފަންސާސް ރުފިޔާ ) ގެ ޑިޕޮޒިޓް ފައިސާ ( ނަގުދު ފައިސާއިން )

(ވ) އެމީހަކު އެ އިންތިޚާބުގައި ޚާއްޞަ ނިޝާނެއް ބޭނުންކުރުމަށް ޤަސްދުކުރާނަމަ އެ ނިޝާން .

(މ) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ކުރިމަތިލުމަށްޓަކާ ރަށު/ ސިޓީ އިލެކްޝަން ކޮމެޓީއަށް ހުށަހަޅާ މަޢުލޫމާތާއި ތަކެއްޗަކީ ޞައްޙަ މަޢުލޫމާތާއި ތަކެތިކަމަށާއި ޤަވާއިދު ނަންބަރު 2012/R-14 ( އަންހުނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ޤަވާއިދު ) ގެ 8 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމަށް ( އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމުގައިވާ ) އިޤްރާރުވެ، އެއިޤްރާރު.

 

    އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް މެމްބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭފަރާތްތަކަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2018 އޮކްޓޯބަރ 17 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ންފެށިގެން 2018 އޮކްޓޯބަރ 24 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13.30 އާ ހަމައަށް ށ.ޅައިމަގު ކައުންސިލްގެ އިދާރާއިންނެވެ. ފޯމުދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީދުވަސްތަކުގެ ހެނދުނު 9.00 ން މެންދުރު 13.30 އާ ހަމައަށެވެ. ސަރުކާރު ބަންދުދުވަސްތަކުގައި ފޯމް ދޫކުރުމާއި ބަލައިގަތުމެއް ނޯންނާނެއެވެ. ފޯމު ހިފައިގެން އަންނަނީ ކުރިމަތިލާ މީހާނޫން އެހެންމީހެއްނަމަ ފޯމު ހިފައިގެން އަންނަމީހެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިއުމެއްގެ އަޞްލު ގެންނަންވާނެއެވެ.

 

    އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް މެމްބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ 2018 ނޮވެމްބަރ 19 ވާ ހޯމަ ދުވަހުގެ ހެނދުނު 9.00 ން ހަވީރު 4.00 އަށެވެ. އަދި ވޯޓު ގުނަންފަށާނީ ހަމަ އެދުވަހު ވޯޓުނަގާނިމޭތާ 30 މިނިޓުގެތެރޭގައެވެ.

 

    މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރަމެވެ.

16 އޮކްޓޫބަރު 2018