ދިވެހިރާއްޖެ
މަޤާމް :Part Time Lecturer | |
---|---|
ބޭނުންވާ އަދަދު :2 | |
ނަންބަރު:14/2018/MED-153-SN އިޢުލާން
ސްކޫލް އޮފް ނަރސިންގ އިން ކުޅުދުއްފުށި ކެމްޕަސްގައި ހިންގާ ބެޗްލަރ އޮފް ނަރސިންގ އަދި ޑިޕްލޮމާ އިން ނަރސިންގ ކޯސްތަކުގެ މާދާތަށް ޕާރޓް ޓައިމްކޮށް ކިޔަވައި ދިނުމާއި ، ކިޔަވައިދިނުމާ ގުޅުންހުރި މަސައްކަތްތަކަށް އެކްސްޓަރނަލް ލެކްޗަރަރ އިން ހޯދުމަށް ވަނީ ބޭނުންވެފައެވެ. ވީމާ، ކިޔަވައި ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 22 އޮކްޓޯބަރ 2018 (ހޯމަ) ދުވަހުގެ 12:00 ކުރިން ސްކޫލް އޮފް ނަރސިންގ އަށް، ތަޢުލީމީ ސެޓްފިކެޓް ތަކާއެކު ސިޓީ ފޮނުއްވުން އެދެމެވެ. ޓީޗަރުގެފެންވަރު ނުވަތަ ޝަރުތު: ގުޅޭ ދާއިރާއިން އެންމެ ދަށްވެގެން ބެޗްލަރސް ޑިގްރީ އެއް ޙާޞިލް ކޮށްފައިވުމާއި އެކު 2 އަހަރު ދުވަހުގެ މާއްދާ އާއި ގުޅުން ހުރި ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން. ބޭނުންވާ ޢަދަދުު: 2 ކިޔަވައި ދޭންޖެހޭ މުއްދަތު: 06 ޑިސެމްބަރ 2018 ގެނިޔަލަށް ލެކްޗަރ ގަޑިތައް އަދި ޓިއުޓޯރިއަލްގެ އިތުރުން މާއްދާތަކުގެ އައުޓްލައިން އާއި އެއްގޮތްވާ ގޮތުގެމަތިން އެމާއްދާއެއްގެ ޓެސްޓުޕޭފަރ އެކުލަވާލާ، އެސައިންމަންޓް ތައްޔާރުކޮށް މާރކްކުރުމާއި ޓައިމް ޓޭބަލާއި އެއްގޮތަށް ކްލާސްތައް ބޭއްވުން. ހުށަހަޅަންޖެހޭ ލިއުންތައް: 1. ކިޔަވައިދޭ މާއްދާގެ ރޮގުން ތަޢުލީމު ފުރިހަމަ ކޮށްފައިވާކަމުގެ ސަނަދު (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަޞްލު) 2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
07 ޞަފަރު 1440 16 އޮކްޓޯބަރު 2018
|