މަސައްކަތް
ނަންބަރު: FSM-ADV-2018/043
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 11:27
ސުންގަޑި: 21 އޮކްޓޫބަރު 2018 11:00
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ހެޑް އޮފީހާއި އެހެނިހެން ސައިޓުތަކުގައި ބޭނުން ކުރަމުން އަންނަ އެއަރކަންޑިޝަންތައް 2 އަހަރު ދުވަހުގެ މުއްދަތަށް ސާރވިސްކޮށް، ބަލަހައްޓައިދެއްވާނެ ފަރާތެއް ހޯދުމަށް

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު

 

ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ހެޑް އޮފީހާއި އެހެނިހެން ސައިޓުތަކުގައި ބޭނުން ކުރަމުން އަންނަ އެއަރކަންޑިޝަންތައް 2 އަހަރު ދުވަހުގެ މުއްދަތަށް ސާރވިސްކޮށް، ބަލަހައްޓައިދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 އޮކްޓޯބަރ 2018 ވާ އާދީއްތަ ދުވަހުގެ 11:00 އަށް، އެސްޓީއޯ އައިފާނު ބިލްޑިންގގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 29 އޮކްޓޯބަރ 2018 ވާ ހޯމަ ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331456 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

16 އޮކްޓޫބަރު 2018