މަސައްކަތް
ނަންބަރު: GS07/IUL/2018/012
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 10:35
ސުންގަޑި: 23 އޮކްޓޫބަރު 2018 11:00
ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ކެންޓީނެއް ޢިމާރާތްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން

ނ. އަތޮޅު ތަޢުލީމީ މަރުކަޒު

      ސޯސަންމަގު

      ނ.ވެލިދޫ، ދިވެހިރާއްޖެ                                       ނަމްބަރު: GS07/IUL/2018/012

އިޢުލާން

ކެންޓީނެއް ޢިމާރާތްކޮށް، ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ       

        

މި މަދަރުސާއިން ދޭ ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކެންޓީނެއް ޢިމާރާތްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

 

           މިކެންޓީނު ޢިމާރާތް ކުރުމަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން (ޤާނޫން ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

           ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގެ މި މަދަރުސާއަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރަޕޯސަލް ހުށައެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުން

2018 އޮކްޓޯބަރ 23 ވާ އަންގާރަ ދުވަހުގެ 11:00 ގައި

ޕްރަޕޯސަލް ހުށައެޅުއްވުމާއި، ކެނޑުން

2018 އޮކްޓޯބަރ 28 ވާ އާދިއްތަ ދުވަހުގެ 11:00 ގައި

 

               މަޢުލޫމާތު ސާފުކުރެއްވުމަށާއި، ޕްރަޕޯސަލް ހުށައެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ އެކަންބަޔާންކޮށް މަދަރުސާއަށް ސިޓީހުށައަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރަޕޯސަލްތަކާއި، ގަޑިޖެހުމަށްފަހު ހުށައަޅާ ޕްރަޕޯސަލްތައް ބަލައެއް ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ، 6560019 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

06 ޞަފަރު 1440

15 އޮކްޓޯބަރ 2018

15 އޮކްޓޫބަރު 2018