މަސައްކަތް
ނަންބަރު: (IUL)248-CAFA/248/2018/84
ޕަބްލިޝްކުރި ތާރީޚް: 15 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 21 އޮކްޓޫބަރު 2018 11:30
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފިނިހިޔާ 1 މަރާމާތު ކުރުން

`

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

އިހަވަންދޫ                      

ދިވެހިރާއްޖެ         

ނަންބަރ: IUL-248-CAFA/248/2018/84                                                       

                                                       

އިޢުލާން

 

ފިނިހިޔާ 1 މަރާމާތު ކުރުން

         މިރަށު ފިނިއަށި 1 ( ހުޅަނގުއަވަށު ފިނިއަށި ) މަރާމާތު ކުރުމަށް ބޭނުން ވެގެން މިއިދާރާއިން ކުރި (IUL)248-CAFA/248/2018/74  ( 04 އޮކްޓޫބަރ 2018 ) ގެ އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފު ކުރައްވާފައި ވަނީ 2 ފަރާތަކުން ކަމަށް ވާތީ، އެ އިޢުލާނު ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. 

         ވީމާ، އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 އޮކްޓޫބަރ 2018 ވާ އާދީއްތަ ދުވަހުގެ 11:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 24 އޮކްޓޫބަރ 2018 ވާ ބުދަ ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ. 

         މައުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެއްވޭނީ ކުންފުނި، ޕާޓްނަރޝިޕް، ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ނަންގަވާފައިވާ ފަރާތްތަކުންނެވެ. އެފަދަ ތަނަކުންވެސް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެތަނަކުން ފޮނުއްވި މީހެއްކަން އެނގޭގޮތަށް އެތަނެއްގެ ރަސްމީ ސިޓީއަކާއި، އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއަކާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

         އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް ފިނިހިޔާ 1 މަރާމާތު ކުރުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.

         މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

15 އޮކްޓޫބަރު 2018