ދިވެހިރާއްޖެ
`
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
އިހަވަންދޫ
ދިވެހިރާއްޖެ
ނަންބަރ: IUL-248-CAFA/248/2018/85
އިޢުލާނު
ކައުންސިލްގެ އިދާރާ މަރާމާތު ކުރުން
އިހަވަންދޫ ކައުންސިލްގެ އިދާރާގެ ބައެއްމަރާމާތުތައް ކުރުމަށް ބޭނުން ވެއްޖެއެވެ.
ވީމާ، އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 21 އޮކްޓޫބަރ 2018 ވާ އާދީއްތަ ދުވަހުގެ 11:45 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 24 އޮކްޓޫބަރ 2018 ވާ ބުދަ ދުވަހުގެ 11:45 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.
މައުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށްދެއްވޭނީ ކުންފުނި، ޕާޓްނަރޝިޕް، ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ނަންގަވާފައިވާ ފަރާތްތަކުންނެވެ. އެފަދަ ތަނަކުންވެސް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެތަނަކުން ފޮނުއްވި މީހެއްކަން އެނގޭގޮތަށް އެތަނެއްގެ ރަސްމީ ސިޓީއަކާއި، އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއަކާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް ކައުންސިލްގެ އިދާރާ މަރާމާތު ކުރުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.