ދިވެހިރާއްޖެ
ވީމާ، މި ބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2018 އޮކްޓޯބަރ 21 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އެސްޓީއޯ ކުޅުދުއްފުށި ފާމަސީ، އެސްޓީއޯ ހިރިމަރަދޫ ފާމަސީ ނުވަތަ އެސްޓީއޯ ފިނޭ ފާމަސީއަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2018 އޮކްޓޯބަރ 21 ވާ އާދީއްތަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މައުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2018 އޮކްޓޯބަރ 22 ވާ ހޯމަ ދުވަހުގެ ތިރީގައިވާ އެސްޓީއޯ އައުޓްލެޓް ތަކުގައި އޮންނާނެއެވެ.
ހދ.ކުޅުދުއްފުށި ފާމަސީ، ގަޑި: 10:00
ހދ.ފިނޭ ފާމަސީ، ގަޑި: 10:30
ހދ.ހިރިމަރަދޫ ފާމަސީ، ގަޑި: 11:30
ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވާ ސުވާލުތައް 2018 އޮކްޓޯބަރ 24 ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2018 އޮކްޓޯބަރ 25 ވާ ބުރާސްފަތި ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2018 އޮކްޓޯބަރ 29 ވާ ހޯމަ ދުވަހުގެ 14:30 ގައި ހދ.ކުޅުދުއްފުށީ ފާމަސީގައެވެ. ރަޖިސްޓަރީ ނުކުރައްވާފަރާތްތަކަށާއި، މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި އަދި ގަޑި ޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: 3344180 ، 3344321
ފެކުސް: 3344633
އީމެއިލް: [email protected]