ނޫސްބަޔާން
ނަންބަރު: (PR)203-PROREC/1/2018/5
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 10:13
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ގަވާއިދާ ޚިލާފަށް ބިމުން ފެންނަގައި ފެންބޭރުކޮށްފައިވާތީވެ، މާލޭ ވޯޓަރ އެންޑް ސިވަރޭޖް ކޮމްޕެނީއާއި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޖޫރިމަނާކުރުން.

 

                                                                ނަންބަރު: (PR)203-PROREC/1/2018/5

 

ނޫސްބަޔާން

ގަވާއިދާ ޚިލާފަށް ބިމުން ފެންނަގައި ފެންބޭރުކޮށްފައިވާތީވެ، މާލޭ ވޯޓަރ އެންޑް ސިވަރޭޖް ކޮމްޕެނީއާއި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޖޫރިމަނާކުރުން.

ގަވާއިދު ނަންބަރު:2013/R-1697 (ބިމުން ފެންނަގައި ފެންބޭރުކުރުމުގެ ގަވާއިދު) ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ޚިލާފަށް، މާލޭގެ ހަވީރީ ހިނގުން ސަރަޙައްދުގައި ބިމުން ފެން ނަގައި ފެން ބޭރުކުރުމުގެ ހުއްދައަށް އެދި މި އެޖެންސީއަށް ހުށަހެޅުމެއް ނެތި މި އެޖެންސީގެ ހުއްދަ ހޯދުމެއް ނެތި 11 ޖުލައި 2018 އަދި 16 ޖުލައި 2018 ގައި ބިމުން ފެން ނަގައި ފެން ބޭރުކޮށްފައިވާ ކަން މި އެޖެންސީއިން ކުރި މޮނިޓަރިންގައި ފާހަގަކުރެވިފައިވާތީވެ، މާލޭ ވޯޓަރ އެންޑް ސިވަރޭޖް ކޮމްޕެނީ ވަނީ 29 އޮގަސްޓު 2018 ގައި އެ ގަވާއިދުގެ 20 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 55,000.00 (ފަންސާސް ފަސްހާސް) ރުފިޔާއިން ޖޫރިމަނާކުރެވިފައެވެ.

އަދި، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓަރކްޗަރގެ އިމާރާތް ހުންނަ ކޮމްޕައުންޑުގެ ހުޅަނގު ކަންމަތީގައި (އަމީނީވަގަށްވާގޮތަށް) އެ މިނިސްޓްރީގެ ފަރާތުން 10 ޖުލައި 2018 ގައި ބިމުން ފެން ނަގައި ފެން ބޭރުކޮށްފައިވާ ކަން މި އެޖެންސީއިން ކުރި މޮނިޓަރިންގައި ފާހަގަކުރެވިފައިވުމާއެކު، އިސްވެދެންނެވުނު ގަވާއިދުގެ 20 ވަނަ މާއްދާގައިވާ ގޮތުގެ މަތިން 50,000.00 (ފަންސާސް ހާސް) ރުފިޔާއިން 16 ސެޕްޓެމްބަރު 2018 ގައި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓަރކްޗަރ ވަނީ ޖޫރިމަނާކުރެވިފައެވެ.

ހަމައެއާއެކު، މި ޖޫރިމަނާއަށްވާ ފައިސާ 30 ދުވަހުގެ ތެރޭގައި މި އެޖެންސީއަށް ދެއްކުމަށް އެ ދެ ފަރާތަށް ވަނީ އަންގާފައެވެ.    

05 ޞަފަރު 1440

14 އޮކްޓޫބަރު 2018

 

 

 

 

 

 

 

                                                                          

324

14 އޮކްޓޫބަރު 2018