މަސައްކަތް
ނަންބަރު: (IUL)233-CA/233/2018/15
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 08:49
ސުންގަޑި: 29 އޮކްޓޫބަރު 2018 11:30
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްދޫ ކަލެކްޓިންގ ސެންޓަރ މެދުވެރިކޮށް ހައްދާ އައިޑީކާޑު މާލެއިން ރަސްދުއަށް ފޮނުވުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި ކައުންސިލްގައި ޤާއިމްކޮށްފައިވާ އައިޑީކާޑު ކަލެކްޓިން ސެންޓަރުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމަށް، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް ހުށަހަޅާ ފަރާތްތަކުގެ އައިޑީކާޑު، އެ ޑިޕާޓުމަންޓުން ނަންގަވައި މި އިދާރާއަށް ފޮނުއްވުމުގެ މަސައްކަތް އެއްއަހަރު ދުވަހުގެ މުއްދަތަށް ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެ އެވެ.

ޢާންމުކޮށް މަސައްކަތް ކޮށްދެއްވަން ޖެހިވަޑައިގަންނަވާނީ ހަފްތާއަކު އެއްދުވަހު އެވެ.  ޚާއްޞަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އިތުރު ދުވަހެއްގައި މަސައްކަތް ކޮށްދެއްވަން ޖެހިވަޑައިގެންފާނެ އެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުޤްވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 2018 އޮކްޓޯބަރ 22 ވަނަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2018 އޮކްޓޯބަރ 29 ވަނަ ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެ އެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 6660606 ނަންބަރާ ގުޅުއްވުން އެދެމެވެ.

11 އޮކްޓޫބަރު 2018