ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)113-HRAD/1/2018/89
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 17:06
ސުންގަޑި: 21 އޮކްޓޫބަރު 2018 15:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި އިޢުލާންވަނީ 14 އޮކްޓޫބަރު 2018 17:15 ގައި ބާތިލް ކުރެވިފައެވެ.


މަޤާމް :އިންޓަރނަލް އޮޑިޓަރ
ބޭނުންވާ އަދަދު :1

މުސާރަ:

މަހަކު -/12،000 ރުފިޔާ 

އެހެނިހެން އިނާޔަތްތައް:

އެލަވަންސް  10000 ރުފިޔާ އާއި 15000 ދެމެދު ގެ އަދަދެއް ލިބޭނެއެވެ. 

ޝަރުތު:

- އޭސީސީއޭ / ސީމާ ފުރިހަމަ ކޮށްފައިވުމާއި އެކު 5 އަހަރު ދުވަހުގެ އޮޑިޓް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ކޮލިފައިޑް އޮޑިޓަރަކަށްވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ކުންފުނީގައި ކުރަންޖެހޭ އެންމެހާ އިންޓަރނަލް އޮޑިޓް ކުރުމަށް ވޯރކް ޕްލޭންއެއް ތައްޔާރުކޮށް، ވާރކްޕްލޭން އާއި އެއްގޮތަށް އިންޓަރނަލް އޮޑިޓްކުރުމުގެ މަސައްކަތްތައް ރާވާ ހިންގުން

- ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްކުރެވެމުން ދަނީ ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތް ރާވާ ހިންގުމާއި ޑިޕާޓްމަންޓް ތަކުގެ އިންޓަރނަލް އޮޑިޓްގެ މަސައްކަތް ކުރުން. 

- ކުންފުނީގެ މަސައްކަތްތައް ބަލައި ދިރާސާކޮށް ރިސްކްތައް ދެނެގަނެ އަދި އެރިސްކްތައް ކުޑަކުރާނެގޮތުގެ ލަފާ މެނޭޖްމަންޓަށް ދިނުން

- ކުންފުނީގެ އެކިއެކި ޑިޕާޓްމަންޓްތަކުގެ މަސައްކަތްކުރެވެމުންދަނީ ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންތޯ ބެލުމަށް ކުރަންޖެހޭ އިންޓްރނަލް އޮޑިޓްގެ މަސައްކަތްކުރުން. 

- އިންޓަރނަލް އޮޑިޓްގައި ފާހަގަކުރެވޭ ކަންތައްތަކާއި ގުޅޭގޮތުން މެނޭޖްމަންޓަށް ބޭނުންވާ ލަފާޔާ އިރުޝާދު ދިނުން

- އަހަރުން އަހަރަށް ކުންފުނީގެ އިންޓަރނަލް އޮޑިޓްކުރުމާއި އަދި އިންޓަރނަލް އޮޑިޓް ރިޕޯޓް ތައްޔާރުކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

ދުވާލަކު 08 ގަޑިއިރު

މަސައްކަތްކުރަންޖެހޭ ތަން:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް / އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓް 

ސުންގަޑި:

2018 އޮކްޓޯބަރު 21 ވާ އާދިއްތަ ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.com.mvއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު: 3329339ފެކްސް: 3325293 

އީމެއިލް: hr@port.mv

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

14 އޮކްޓޫބަރު 2018