ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)101-FT/1/2018/177 :ނަންބަރު
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 14:15
ސުންގަޑި: 08 ނޮވެންބަރު 2018 00:00
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
"2020 އައި.ޕީ ޝެއާރިން ޕްރޮޖެކްޓް" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

 (IUL)101-FT/1/2018/177 :ނަންބަރު

އިޢުލާން

ދިވެހިރާއްޖޭގައި އުފައްދާ ތަކެތި އުފެއްދުމުގައި އިތުރު ލުއިފަސޭހަކަމެއް ލިބިދެވި، އެއުފެއްދުމެއް އުފެއްދުމަށް  އަމަލީގޮތުން ކުރަންޖެހޭ މަސައްކަތްތައް މަދުކުރެވޭނެފަދަ ޓެކްނޮލޮޖީ އެއް އުފެއްދުމަށް ފުރުސަތު ލިބޭގޮތައް ކޮރެއާގެ އިންވެންޝަން ޕޮރޮމޯޝަން އެސޯސިއޭޝަން އާއި ކޮރެއާގެ އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހާއި ގުޅިގެން ކުރިއަށްގެންދާ "2020 އައި.ޕީ ޝެއާރިން ޕްރޮޖެކްޓް" ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ.

 މި ޕްރޮޖެކްޓްގެ މަޤްސަދަކީ ޤައުމުތަކަށް އެވަގުތަކު ބޭނުންޖެހިފައިވާ ޓެކްނޮލޮޖީއެއް ތަރައްޤީ ކޮށްދިނުމެވެ. މިގޮތުން ތަރައްޤީކުރެވޭ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އުފައްދާ އުފެއްދުންތަކުގެ ބްރޭންޑް ސްޓްރެޓެޖީ ހެދުމަށާއި، މާކެޓް ކުރުމުގެ މަސައްކަތް މިޕްރޮޖެކްޓްގެ ތެރެއިން ކޮށްދެއެވެ.

މިގޮތުން އާ ޓެކްނޮލޮޖީއެއް ޑިވެލޮޕް ކުރުމުގައި ބަލާނެ މައިގަނޑު ކަންތައްތަކަކީ:

  • ހުށަހަޅާ ޓެކްނޮލޮޖީގެ ސަބަބުން ބޮޑު އިންވެސްޓްމެންޓެއް ނުކޮށް ފަރުޖެއްސޭގޮތްވުމާއި، ހަކަތަ ބޭނުންކުރާވަރު މަދުކުރެވޭނެ ފަދަ ޓެކްނޮލޮޖީއެއް ބިނާކުރުން
  • ދިވެހިރާއްޖޭގައި ލިބެންހުރި ތަކެތި ބޭނުން ކޮށްގެން އުފެއްދޭނެ ބާވަތެއް/އެއްޗެއް ކަމުގައިވުން
  • ހުށަހެޅޭ ޓެކްނޮލޮޖީގެ ޒަރީއާއިން، މަދު ބަޔަކު ބޭނުންކޮށްގެން އުފެއްދުންތެރިކަން އިތުރުކޮށްދޭ، އަދި އުފެއްދޭ ތަކެއްޗަށް މިހާރަށްވުރެ އިތުރު ފުރިހަމަކަމެއް ހޯދޭނެ ގޮތްވުން
  • މި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ތަކެއްޗަކީ އެކަށީގެންވާ އަގެއްގައި ވިއްކޭނެފަދަ އުފެއްދުމެއް ކަމުގައިވުން
  • ޓެކްނޮލޮޖީ ތަރައްޤީ ކުރުމުގައި ބަލާނީ ޤައުމުގައި އެއުފެއްދުން އުފެއްދުމުގެ ޤާބިލްކަންހުރުން

ވީމާ، މިޕްރޮޖެކްޓްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް (އެން.ޖީ.އޯ، ކޯޕަރޭޓިވް ސޮސައިޓީ، ޖަމިއްޔާ، ވިޔަފާރިތައް އަދި އަމިއްލަ ފަރުދުން) މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލަމެވެ.

އެހެންކަމުން މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަން ޝައުޤުވެރިވާ ފަރާތްތަކުން މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ފޯމު ފުރުއްވުމަށްފަހު، 2018 ނޮވެމްބަރ 08 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިމިނިސްޓްރީއަށް ނުވަތަ މިމިނިސްޓްރީގެ ބިޒްނަސް ސެންޓަރުތަކަށް ނުވަތަ [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

 

05  ޞަފަރު  1440

14 އޮކްޓޯބަރ 2018

14 އޮކްޓޫބަރު 2018