ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)311/311/2018/49
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި: 20 އޮކްޓޫބަރު 2018 09:00
މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަސްތަކެއް ނީލަންކިޔުން

އެއަރޕޯޓް އެޅުމަށް ހަމަޖެހިފައިވާ ސަރަޙައްދު ފާހަގަކުރުމަށް ކޮށި މަގަށް އަރައިގެން ނެގިފައިވާ ތިރީގައި މިދަންނަވާ ގަސްތައް ނީލަންކިޔުން 20 އޮކްޓޯބަރ 2018 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ނީލަމުގައި ހިފަން ބޭނުންވާ ފަރާތްތަކުން އެދުވަހުގެ އެގަޑިޔަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވުމަށް ދެންނެވީމެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

14 އޮކްޓޫބަރު 2018