ދިވެހިރާއްޖެ
ނަންބަރު: IUL)438/438/2018/276)
އިޢުލާން
އައްޑޫ ސިޓީގެ ޙިމާޔަތްކޮށްފައިވާ ސަރަހައްދުން ބޮނތްބާއި، ފަނާއި، ކާށްޓާއި، ދަރު ހޮވުމުގެ ހުއްދަ
ދިވެހިރާއްޖޭގެ ތިމާވެށި ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ހެދިފައިވާ "އައްޑޫ ސިޓީގެ ޙިމާޔަތްކޮށްފައިވާ ސަރަހައްދު ރައްކައުތެރިކޮށް ދެމެހެއްޓުމާބެހޭ ގަވާއިދު" ގެ ދަށުން، 14 އޮކްޓޫބަރު 2018 ގެ ފަހުން، މިސަރަހައްދުން ބޮނތްބާއި، ފަނާއި، ކާށްޓާއި، ދަރު ހޮވޭނީ މި މިނިސްޓްރީން ދޫކުރާ ޚާއްސަ ހުއްދައެއްގެ ދަށުންނެވެ. ވީމާ، މި ސަރަހައްދުގައި މިކަންކަން ކުރުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީވުމަށް އެދި އެކަމަށްޓަކައި އައްޑޫ ނޭޗަރ ޕާކުން 14 އޮކްޓޫބަރު 2018 އިން ފެށިގެން ދޫކުރާ ފޯމު ފުރިހަމަކުރުމަށްފަހު، ބަންދުނޫން ކޮންމެ ދުވަހެއްގެ 08:00 – 14:00 އާ ދެމެދު އައްޑޫ ނޭޗަރ ޕާކްގެ ކައުންޓަރަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލްގެ ޒަރީޢާއިން ހުށަހަޅުއްވާނަމަ [email protected] އަށް އެޑްރެސްކޮށް ފޮނުއްވުން އެދެމެވެ. މިކަމާބެހޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، އައްޑޫ ނޭޗަރ ޕާކްގެ ހޮޓްލައިން ނަންބަރު 7580059 އާ ގުޅުއްވުން އެދެމެވެ.
14 އޮކްޓޫބަރު 2018