ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESMSPR/416/2018/68
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 12:16
ސުންގަޑި: 19 އޮކްޓޫބަރު 2018 16:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުމާއިބެހޭ

މަޑަވެލީ އިރުދެކުނު ތުނޑިން (ހުއްޓޭކޮޑުން) މަހުގެ މަސައްކަތް ކުރުމަށް "ފިޝް ވިލެޖް" އަށް ދޫކުރެވުނު ބިމުގައި ހުރި ތަކެއްޗާއި، ހަދާފައިހުރި ތަންތަނާއި، ޢިމާރާތްތަކާއި އެޢިމާރާތްތަކުގައިވާ އެންމެހާ ތަކެތި ނީލަން ކިޔަން ބޭނުންވެއެވެ.

ނީލަން ފެށޭ އަގަކީ -/500ރ (ފައްސަތޭކަ ރުފިޔާ) އެވެ. ނީލަމަށް ފަހަރަކު އިތުރު ކުރެވޭނީ -/100ރ (ސަތޭކަ ރުފިޔާ) އެވެ. ނީލަމަށް ބޮޑު އަގެއް ހުށަހެޅުނު ނަމަވެސް ނީލަން ކާމިޔާބުކުރާ ފަރާތެއް ކަމުގައިބަލާނީ ނީލަމަށް ހުށަހެޅުނު އަގު ވަގުތުން ދައްކާ ފަރާތެކެވެ.

އަދި، "ފިޝް ވިލެޖް" އަށް ދޫކުރެވުނު ބިމުގައިހުރި ތަކެއްޗާއި، ހަދާފައިހުރި ތަންތަނާއި، ޢިމާރާތްތަކާއި އެޢިމާރާތްތަކުގައިވާ އެންމެހާ ތަކެތި ނީލަން ކާމިޔާބުކުރާ ފަރާތުން 20 (ވިހި) ދުވަހުގެ ތެރޭގައި ގެންގޮސް ބިން ސާފުކޮށް، ކުނިތައް ކުނި ގޮނޑަށް އުކައިދޭންވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 19 އޮކްޓޯބަރ 2018 ވާ (ހުކުރު) ދުވަހުގެ ހަވީރު 16:00 އަށް (ހުއްޓޭކޮޑުން) މަހުގެ މަސައްކަތް ކުރުމަށް "ފިޝް ވިލެޖް" އަށް ދޫކުރެވުނު ބިމަށް ޙާޒިރުވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

11 އޮކްޓޫބަރު 2018