ދިވެހިރާއްޖެ
އަންދާސީހިސާބުބޭނުންވެއްޖެ
ތިނަދޫ ސަރަޙައްދީ މިއުޒިއަމް ގައި ހެދުން ޑިސްޕްލޭކުރުމަށް ބަހައްޓާ މެނިކުއިންސް ހޯދައިދޭނެ ފަރާތެއް ހޯދުމަށް މިޑިޕާޓްމަންޓުން ކުރި ނަންބަރު (IUL)222-F/INDIV/2018/21 (18 ޖުލައި 2018) އިޢުލާނާއި ގުޅިގެން މަސައްކަތާއި ހަވާލުވި ފަރާތުން ފުރިހަމަ އެއްބާރުލުން ދީފައިނުވާތީ، އެތަކެތި ހޯދައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
|
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް |
ބުރާސްފަތި |
18 އޮކްޓޯބަރ 2018 |
11:30 |
އަންދާސީހިސާބު ހުށަހެޅުން |
ޑިޕާޓްމަންޓް އޮފް ހެރިޓޭޖް |
އަންގާރަ |
25 އޮކްޓޯބަރ 2018 |
11:30 |
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅުއްވަން ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
02 ރަޖަބު 1439
11 އޮކްޓޯބަރ 2018