ޢާންމު މަޢުލޫމާތު
ނަންބަރު: GS03/IUL/2018/52
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 11:16
ސުންގަޑި: 25 އޮކްޓޫބަރު 2018 13:00
ހިތަދޫ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
2019ވަނަ އަހަރު ޖޭ.ކޭ.ޖީ އަށް ކުދިން ވެއްދުމާއި ބެހޭ

2019 ވަނަ އަހަރަށް މިސްކޫލްގެ ޖޭ.ކޭ.ޖީއަށް ކުދިން ވެއްދުމަށް ބޭނުންފުޅުވާ ފަރާތްޕުޅުތަކުން، ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ޢަމަލުކުރައްވަމުން ގެންދެވުން އެދެމެވެ.

  • އޮކްޓޯބަރ މަހުގެ 14 ން 25 އޮކްޓޯބަރ 2018 އާއި ދެމެދުގެ ދުވަހެއްގައި އެޕްލިކޭޝަން ފޯމް ނެންގެވުން.
  • ފޯމް ފުރުއްވައި އޮކްޓޯބަރ 22 ން 05 ނޮވެމްބަރ 2018 އާއި ދެމެދު ސްކޫލަށް ހުށަހެޅުއްވުން.
  • ފޯމާއެކު، މިދަންނަވާ ތަކެތި ހުށަހެޅުއްވުން:

- އުފަންދުވަހުގެ ސެޓްފިކެޓުގެ އަޞްލާއި އޭގެ ފޮޓޯކޮޕީއެއް ނުވަތަ އައިޑީކާޑުގެ އަޞްލާއި އޭގެ ކޮޕީއެއް

- ވެކްސިންކާޑު

 - ސްޓޭމްޕް ސައިޒުގެ 3 ފޮޓޯ

 - އާދައިގެ ކަރުދާސް ފައިލެއް (ޕަންޗް ފައިލެއް)

*  ފޯމް ތައް ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެދުވަހަކު ހެނދުނު 9:00ން ފެށިގެން މެންދުރު 1:00 އަށް ހިތަދޫ ސްކޫލްގެ އޮފީހުންނެވެ.

             އަދި ދަންނަވަމެވެ. ސްކޫލަށް ދަރިވަރުން ވެއްދުމުގައި އިސްކަންދެވޭނީ  2018 ޑިސެމްބަރ އަށް 4 އަހަރު ފުރިފައިވާ ކުދިންނަށެވެ. 2019 ވަނަ އަހަރު މާރޗް 31 ގެ ނިޔަލަށް 4 އަހަރު ފުރޭ ދަރިވަރުންނަށް ޖާގަ ދެވޭނީ މަތީގައި ދެންނެވުނު ޢުމުރުފުރާގެ ދަރިވަރުންނަށް ޖާގަ ދިނުމަށްފަހު، ޖާގަ ހުރި މިންވަރަކުންނެވެ.

ނޯޓް: 2019 ވަނަ އަހަރަށް ގްރޭޑް 1 އިން 10 އަށް ދަރިވަރުން ވެއްދުމަށް ބޭނުންފުޅުވާ ބެލެނިވެރިން ސްކޫލަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. އެންމެ ފުރަތަމަ ސިޓީ ހުށަހަޅުއްވާ ފަރާތްތަކަށް އިސްކަންދޭ އުޞޫލުން ޖާގަހުރި މިންވަރަކަށް 1 އިން 10 އަށް، ކޮންމެ ގްރޭޑަކުން ވެސް ޖާގަދެވޭނެ ވާހަކަ ދަންނަވަމެވެ.

              މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

              2 ޞަފަރު   1440

              

                                                                     ޚާދިމަތުކުމް

 

                                                  ޑރ.އާސިއަތު މުޙައްމަދު ދިދީ           

                                                     ޕްރިންސިޕަލް

11 އޮކްޓޫބަރު 2018