ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)231-AH/231/2018/61
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 21 އޮކްޓޫބަރު 2018 14:00
ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަންޑް އޮފިސަރ

މަޤާމް

ފަންޑް އޮފިސަރ

ރޭންކް: ޖީ.އެސް 4

ކްލެސިފިކޭޝަން

އޮފިސަރ  ގްރޭޑް2               

މުއްދަތު

2 އަހަރު ( ކަނޑައެޅިފައިވާ މުއްދަތު މަސައްކަތަށް ރަގަޅުނަމަ ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވޭނެއެވެ. )

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ބޭނުންވާ ޢަދަދު: 01

ސެކްޝަން/ޔުނިޓް

އިންފްރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް

މުސާރަ

މަހަކު -/5020 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

އެހެނިހެން އެލަވަންސާ ޢިނާޔަތްތައް

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

އަސާސީ ޝަރުޠު

1-      ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން. ނުވަތަ،

2-      މަތީ ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން . ނުވަތަ،

3-      މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއްހާސިލް ކޮށަފއިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

1-      ޅ. އަތޮޅު ރައްޔިތުންގެ ފަންޑާ، ޅ. އަތޮޅު ސުނާމީ ރިކަވަރީ ފަންޑުގެ އެންމެހާ ކަންތައްތައް ހިންގާ ބެލެހެއްޓުން.

2-     ޅ. އަތޮޅު ރައްޔިތުންގެ ފަންޑާ، ސުނާމީ ރިކަވަރީ ފަންޑުން އަނބުރާ ދައްކާގޮތަށް ފައިސާ ނަގާފައިވާ ފަރާތްތަކުން އެފައިސާ ޤަވާޢިދުން ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާއަށް ކަނޑައެޅިފައިވާ ގޮތަށް ބަރާބަރަށް ދައްކަމުންދޭތޯ ބެލުމާއި، ފައިސާ ނުދައްކާ ފަރާތްތަކުން ފައިސާ ހޯދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

3-     ޅ. އަތޮޅު ރައްޔިތުންގެ ފަންޑާ، ސުނާމީ ރިކަވަރީ ފަންޑުން އަނބުރާ ދައްކާގޮތަށް ފައިސާ ނަގާފައިވާ ފަރާތްތަކުން ކައުންސިލަށް ދައްކަމުންދާ ފައިސާ ގެ ހިސާބުތަކާއި، އެކައުންޓްތަކާ ގުޅޭ ލިއެކިޔުންތަކާއި ރިޕޯޓްތައް މަހުންމަހަށް ތައްޔާރުކޮށް އެރިޕޯޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

4-     ޅ. އަތޮޅު ރައްޔިތުންގެ ފަންޑާ، ސުނާމީ ރިކަވަރީ ފަންޑާ ގުޅޭގޮތުން ލިޔަންޖެހޭ އެންމެހައި ލިއެކިޔުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

5-      ޅ. އަތޮޅު ރައްޔިތުންގެ ފަންޑާ، ސުނާމީ ރިކަވަރީ ފަންޑްގެ މައްސަލަތައް ފައިލުކޮށް ބެލެހެއްޓުން.

6-     ރައްޔިތުންގެ ތަރައްޤީއަށްޓަކައި ނުވަތަ ރަށުގެ ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތައް ސެކްޝަންގެ ވެރިޔާ އަންގަވާ ގޮތެއްގެމަތިން ކުރުން.

7-     ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ރާވާ ހިންގުމުގައި ދޭދޭ ފަރުދުންގެ އާމްދަނީ އިތުރުކުރުމަށްވެސް ކުރެވެންހުރި ކަންތައްތައް ބަލައި ޕްރޮގްރާމްތައް ހިންގުމުގައި ސެކްޝަންގެ ވެރިޔާ އަންގަވާ ގޮތެއްގެމަތިން އެހީތެރިވުން.

8-     އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ކްލަބް ޖަމްޢިއްޔާތަކާއި ޖަމާޢަތްފަދަ ތަންތަނުން ކުރާ މަސައްކަތްތަކުގައި ސެކްޝަންގެ ވެރިޔާ އަންގަވާ ގޮތެއްގެމަތިން އެހީތެރިވުން.

9-     އަތޮޅު އިޤްތިޞާދީ ތަރައްޤީއާއި ގުޅޭ މަސައްކަތްތައް ރާވާ ހިންގުމުގައި ސެކްޝަންގެ ވެރިޔާ އަންގަވާ ގޮތެއްގެމަތިން އެހީތެރިވުން.

10-  އަތޮޅު ރައްޔިތުންގެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ރާވައި، ހިންގޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ސެކްޝަންގެ ވެރިޔާ އަންގަވާ ގޮތެއްގެމަތިން މަސައްކަތްކުރުން.

11- ޅ. އަތޮޅު ރައްޔިތުންގެ ފަންޑާ، ސުނާމީ ރިކަވަރީ ފަންޑްގެ ތެރެއިން ކުރިޔަށްގެންދެވޭ ލޯނުތަކާއި،ދެވޭ އެހީތަކާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސެކްޝަންގެ ވެރިޔާގެ ލަފާގެމަތިން ކުރުން.

12-  ޚާއްޞަ ވާޖިބުތަކުގެ އިތުރުން މުޅި ކައުންސިލަށް ދިމާވާ، ކުއްލި އިމަރޖެންސީ ކަންކަމާއި، އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުން.

އެޕްލިކޭޝަން  ފޮނުވަންވީތާރީޚާއި ތަން

21 އޮކްޓޯބަރ 2018 (އާދީއްތަ) ދުވަހުގެ 14:00 ގެ ކުރިން ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާ އަށް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

  (ހ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށްޤާބިލް މީހަކު ހޮވުމުގައި ބެލޭނެ ބައެއް ކަންތައްތައް

ތަޢުލީމާ ތަމްރީނު

40%

މަސައްކަތުގެ ތަޖްރިބާ

15%

ލިބިފައިވާ ހުނަރު  (އިންޓަވިޔު)

45%

އިންޓަރވިއު ކުރާނެ ތާރީޚާއި، ތަން

ފަންޑް އޮފިސަރ  ކަމުގެ މަޤާމަށް ކުރިމަތިލާ މަޤާމުގެ ޝަރުޠު ހަމަވާ ޝޯޓް ލިސްޓް ކުރެވޭ ފަރާތް ތަކުގެ ތެރެއިން ، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަވިޔު އޮންނާނީ 22 އޮކްޓޯބަރ 2018 އާއި 31 އޮކްޓޯބަރ 2018  އާއި ދެމެދު  ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާ ގައެވެ.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  • ބިޒްނަސް މެނޭޖްމަން / އެޑްމިނިސްޓްރޭޝަން
  • އެކައުންޓިން އެންޑް ފައިނަންސް
  • ޕްރޮޖެކްޓް މެނޭޖްމަންޓް

ނޯޓް

ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް 6620331 ނުވަތަ 6620261 އާއި ގުޅުއްވުން

ފެކްސް ނަމްބަރ 6620043

10 އޮކްޓޫބަރު 2018