މަސައްކަތް
ނަންބަރު: 114(IUL)374-D/374/2018/
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 09:12
ސުންގަޑި: 11 އޮކްޓޫބަރު 2018 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ ކައުންސިލްގެ "އައްޑަނަ" ތެޔޮ ސެންޓަރަށް ދަގަނޑު ތާނގީއެއް ހޯދުން

އިޢުލާނު

 

ނިލަންދޫ ކައުންސިލްގެ "އައްޑަނަ" ތެޔޮ ސެންޓަރަށް ދަގަނޑު ތާނގީއެއް ހޯދުން

މިއިދާރާގެ ނަމްބަރު: (IUL)374-D/374/2018/109 (26 ސެޕްޓެންބަރ 2018) އިޢުލާން އާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ޢަދަދަށް މީހުން ހަޟިރުވެފައިނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ނިލަންދޫ ކައުންސިލްގެ "އައްޑަނަ" ތެޔޮސެންޓަރަށް 41,000 (އެކާޅީސް ހާސް) ލިޓަރުގެ ދަގަނޑު ވައް ތާނގީއެއް ހަދަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި ތާނގީ ހެދުމަށް ޝައުޤްވެރިވާ ފަރާތްތަކުން 2018 އޮކްޓޫބަރު 11 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޮކްޓޫބަރު 15 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި "ނިލަންދޫ ކައުންސިލްގެ ތެއުސެންޓަރަށް ދަގަނޑު ތާނގީއެއް ހަދައިދިނުމަށް އެދި " މިހެން ލިޔަންވާނެއެވެ.

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

23 މުޙައްރަމް 1440

03 އޮކްޓޫބަރު2018     

 

03 އޮކްޓޫބަރު 2018