ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS7/138/2018/172
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 01:43
ސުންގަޑި: 16 އޮކްޓޫބަރު 2018 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހުޅުވާލެވިފައިވާ ހުޅުމާލެ ފޭސް 2އިން ދިރިއުޅުމަށް ދޫކުރާ ގޯއްޗަށް އެދި ހުށަހަޅާ ފޯމަށް އިޞްލާޙް ގެނައުން

މިމިނިސްޓްރީގެ ނަންބަރު (IUL)138-AS7/138/2018/150 (09 އޮކްޓޯބަރ 2018) އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

ހުޅުމާލެ ފޭސް 2އިން ދިރިއުޅުމަށް ދޫކުރާ ގޯއްޗަށް އެދި ހުށަހަޅާ ފޯމު އަންނަނިވިގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

އިޞްލާޙު 1

ގެނެވުނު އިޞްލާޙު

ހުޅުމާލެ ފޭސް 2އިން ދިރިއުޅުމަށް ދޫކުރާ ގޯއްޗަށް އެދި ހުށަހަޅާ ފޯމްގެ ޝަރުޠުތަކުގެ ސުމާރު ނަންބަރު 3 (ފޯމު ހުށަހަޅާ ތާރީޚުގައި ކައިވެންޏެއްކޮށްގެން އުޅޭ ފަރާތަކަށްވުން) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

ގެނެވުނު އިޞްލާޙް: ފޯމު ހުށަހަޅާ ތާރީޚުގައި ކައިވެންޏެއްކޮށްގެން އުޅޭ ފަރާތަކަށްވުން ނުވަތަ ފޯމު ހުށަހަޅާ ތާރީޚުގައި ވަރިވެފައިވާ ފަރާތެއްނަމަ ގޯއްޗަށް އެދޭ ފަރާތުގެ ދަރިއަކު ހުރުން ނުވަތަ އެއް ދަރިއަށް ވުރެ ގިނަ ދަރިން ބަލަމުންދާ ފަރާތަކަށްވުން ނުވަތަ ފޯމު ހުށަހަޅާ ތާރީޚުގައި އަނބި/ފިރިމީހާ ނިޔާވެފައިވާ ފަރާތެއްނަމަ ގޯއްޗަށް އެދޭ ފަރާތުގެ ދަރިއަކު ހުރުން ނުވަތަ އެއް ދަރިއަށް ވުރެ ގިނަ ދަރިން ބަލަމުންދާ ފަރާތަކަށްވުން

 

އިޞްލާޙު 2

ގެނެވުނު އިޞްލާޙު

މި ޢިއުލާނުގެ އިޞްލާޙު 1. ގައި ގެނެވިފައިވާ ބަދަލާއި ގުޅިގެން ހުޅުމާލެ ފޭސް 2އިން ދިރިއުޅުމަށް ދޫކުރާ ގޯއްޗަށް އެދި ހުށަހަޅާ ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ސުމާރު ނަންބަރު 3 (ކައިވެނީގެ ސެޓްފިކެޓުގެ ކޮޕީ) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

ގެނެވުނު އިޞްލާޙް: ކައިވެނީގެ ސެޓްފިކެޓުގެ ކޮޕީ (ވަރިވެފައިވާނަމަ ވަރީގެ ސެޓްފިކެޓުގެ ކޮޕީ، އަނބި/ފިރިމީހާ ނިޔާވެފައިވާނަ ނިޔާވިކަމުގެ ލިޔުން)

 

އިޞްލާޙު 3

ގެނެވުނު އިޞްލާޙު

ހުޅުމާލެ ފޭސް 2އިން ދިރިއުޅުމަށް ދޫކުރާ ގޯއްޗަށް އެދި ހުށަހަޅާ ފޯމްގެ ޝަރުޠުތަކުގެ ސުމާރު ނަންބަރު 5 (މާލެއިން ނުވަތަ ރާއްޖޭގެ އެއްވެސް ރަށަކުން 600 އަކަފޫޓް ނުވަތަ އެއަށްވުރެ ބޮޑު ގޯއްޗެއް/ފުލެޓެއް/ރޯހައުސްއެއް ލިބިފައިނުވުން އަދި އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ގޯއްޗަކުން 600 އަކަފޫޓް ނުވަތަ އެއަށްވުރެ ބޮޑު ބައެއް ލިބިފައިނުވުން އަދި 600 އަކަފޫޓް ނުވަތަ އެއަށްވުރެ ބޮޑު ފުލެޓެއް ގަނެވިއްކުމުގެ އެއްބަސްވުމެއްގައި އެއްވެސް ފަރާތަކާއެކު ސޮއިކޮށްފައިނުވުން) އަދި ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ސުމާރު ނަންބަރު 4 (ތިމާގެ އަމިއްލަ ނަމުގައި މާލޭގައި ނުވަތަ ރާއްޖޭގެ އެއްވެސް ރަށެއްގައި ގޯއްޗެއް/ފުލެޓެއް/ރޯހައުސްއެއް ލިބިފައިވާނަމަ އަދި/ނުވަތަ އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ މާލޭގެ ނުވަތަ ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް/ފުލެޓެއް/ރޯހައުސްއެއްގެ މިލްކުވެރިޔަކު ކަމުގައިވާނަމަ އެ އެތަނެއްގެ ރަޖިސްޓްރީ/މައްސަލަ ނިމުނު ގޮތުގެ ގަޒިއްޔާ/އެގްރީމެންޓްގެ ކޮޕީ) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

ޝަރުޠައް ގެނެވުނު އިޞްލާޙް: މާލެއިން 600 އަކަފޫޓް ނުވަތަ އެއަށްވުރެ ބޮޑު ގޯއްޗެއް/ފުލެޓެއް/ރޯހައުސްއެއް ލިބިފައިނުވުން އަދި އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ގޯއްޗަކުން 600 އަކަފޫޓް ނުވަތަ އެއަށްވުރެ ބޮޑު ބައެއް ލިބިފައިނުވުން އަދި 600 އަކަފޫޓް ނުވަތަ އެއަށްވުރެ ބޮޑު ފުލެޓެއް ގަނެވިއްކުމުގެ އެއްބަސްވުމެއްގައި އެއްވެސް ފަރާތަކާއެކު ސޮއިކޮށްފައިނުވުން

 

ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔުންތަކަށް ގެނެވުނު އިޞްލާޙް: ތިމާގެ އަމިއްލަ ނަމުގައި މާލޭގައި ގޯއްޗެއް/ފުލެޓެއް/ރޯހައުސްއެއް ލިބިފައިވާނަމަ އަދި/ނުވަތަ އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ މާލޭގެ ގޯއްޗެއް/ފުލެޓެއް/ރޯހައުސްއެއްގެ މިލްކުވެރިޔަކު ކަމުގައިވާނަމަ އެ އެތަނެއްގެ ރަޖިސްޓްރީ/މައްސަލަ ނިމުނު ގޮތުގެ ގަޒިއްޔާ/އެގްރީމެންޓްގެ ކޮޕީ 

 

އިޞްލާޙު 4

ގެނެވުނު އިޞްލާޙު

ހުޅުމާލެ ފޭސް 2އިން ދިރިއުޅުމަށް ދޫކުރާ ގޯއްޗަށް އެދި ހުށަހަޅާ ފޯމްގެ ޝަރުޠުތަކުގެ ސުމާރު ނަންބަރު 6 (ތިމާގެ މަންމަ ނުވަތަ/އަދި ބައްޕައަށް މާލެއިން ނުވަތަ ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް/ފުލެޓެއް/ރޯހައުސްއެއް ލިބިފައިވާނަމަ އެތަނެއް މަންމަ/ބައްޕަގެ ދަރިންގެ މެދުގައި ބަހާލުމުން ތިމާއަށް ލިބޭބައި 600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ނުވުން) އަދި ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ސުމާރު ނަންބަރު 4 (ފޯމު ހުށަހަޅާ ފަރާތުގެ މަންމަ އަދި/ނުވަތަ ބައްޕައަށް މާލެއިން ނުވަތަ ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ލިބިފައިވާނަމަ ގޯތީގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ މައްސަލަ ނިމުނު ގޮތުގެ ގަޒިއްޔާ ނުވަތަ ފޯމު ހުށަހަޅާ ފަރާތުގެ މަންމައަށް މާލެއިން ފުލެޓެއް/ރޯހައުސްއެއް ލިބިފައިވާނަމަ އެތަނެއްގެ އެގްރީމެންޓް ނުވަތަ ރަޖިސްޓްރީގެ ކޮޕީ) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

ޝަރުޠައް ގެނެވުނު އިޞްލާޙް: ތިމާގެ މަންމަ ނުވަތަ/އަދި ބައްޕައަށް މާލެއިން ގޯއްޗެއް/ފުލެޓެއް/ރޯހައުސްއެއް ލިބިފައިވާނަމަ އެތަނެއް މަންމަ/ބައްޕަގެ ދަރިންގެ މެދުގައި ބަހާލުމުން ތިމާއަށް ލިބޭބައި 600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ނުވުން

 

ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔުންތަކަށް ގެނެވުނު އިޞްލާޙް: ފޯމު ހުށަހަޅާ ފަރާތުގެ މަންމަ އަދި/ނުވަތަ ބައްޕައަށް މާލެއިން ގޯއްޗެއް ލިބިފައިވާނަމަ ގޯތީގެ ރަޖިސްޓްރީގެ ކޮޕީ ނުވަތަ މައްސަލަ ނިމުނު ގޮތުގެ ގަޒިއްޔާ ނުވަތަ ފޯމު ހުށަހަޅާ ފަރާތުގެ މަންމަ އަދި/ނުވަތަ ބައްޕައަށް މާލެއިން ފުލެޓެއް/ރޯހައުސްއެއް ލިބިފައިވާނަމަ އެތަނެއްގެ އެގްރީމެންޓް ނުވަތަ ރަޖިސްޓްރީގެ ކޮޕީ

  

އިޞްލާޙު 5

ގެނެވުނު އިޞްލާޙު

ހުޅުމާލެ ފޭސް 2އިން ދިރިއުޅުމަށް ދޫކުރާ ގޯއްޗަށް އެދި ހުށަހަޅާ ފޯމްގެ ޝަރުޠުތަކުގެ ސުމާރު ނަންބަރު 8 (ވިޔަފާރި އުސޫލުން ފުލެޓު ނުވަތަ ރޯހައުސް ވިއްކާ ފަރާތަކާއެކު، ފުލެޓެއް ނުވަތަ ރޯހައުސްއެއް ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވުން) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

ޝަރުޠައް ގެނެވުނު އިޞްލާޙް: ވިޔަފާރި އުސޫލުން ފުލެޓު ނުވަތަ ރޯހައުސް ވިއްކާ ފަރާތަކާއެކު، ފުލެޓެއް ނުވަތަ ރޯހައުސްއެއް ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވުން، އުނިކުރެވިފައިވާ ކަމުގައި ޢާންމުކޮށް އިޢުލާންކުރީމެވެ.

 

އިޞްލާޙު 6

ގެނެވުނު އިޞްލާޙު

ހުޅުމާލެ ފޭސް 2އިން ދިރިއުޅުމަށް ދޫކުރާ ގޯއްޗަށް އެދި ހުށަހަޅާ ފޯމްގެ އިތުރު ތަފްސީލުތަކުގެ ސުމާރު ނަންބަރު 5 (ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުން) ތިރީގައިމިވާގޮތަށް އިޞްލާޙްކޮށް ޢާންމުކޮށް އިޢުލާންކުރީމެވެ.

 

ގެނެވުނު އިޞްލާޙް: ފޯމު ބަލައިގަތުން: 8 އޮކްޓޯބަރު 2018 ވާ ހޯމަ ދުވަހުން ފެށިގެން 14 އޮކްޓޯބަރު 2018 ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 14:00 އަދި 16:00 އިން 18:00 އަދި 20:00 އިން 23:00 އާއި ދެމެދު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ކައުންޓަރުން (ފޯމު ހުށަހަޅާ މުއްދަތަށް ނުވަތަ ގަޑިއަށް އެއްވެސް ބަދަލެއް ގެނެވޭނަމަ އެކަން އާންމުކޮށް އަންގާ އިއުލާން ކުރެވޭނެ)

 

އިޞްލާޙު 7

ގެނެވުނު އިޞްލާޙު

ހުޅުމާލެ ފޭސް 2އިން ދިރިއުޅުމަށް ދޫކުރާ ގޯއްޗަށް އެދި ހުށަހަޅާ ފޯމްގެ އިތުރު ތަފްސީލުތަކަށް ތިރީގައިމިވާ ތަފްސީލް އިތުރުކޮށް، ޢާންމުކޮށް އިޢުލާންކުރީމެވެ.

 

ގެނެވުނު އިޞްލާޙް: ފޯމުގައި ކަނޑައެޅިފައިވާ ހުރިހާ ޝަރުޠެއް ފުރިހަމަވާ ފަރާތްތަކަށް ޖުމްލަ 100 ޕޮއިންޓް ދެވި، ކަނޑައެޅިފައިވާ 400 ގޯއްޗަށް މީހުން ހޮވޭނީ، ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ.

 

10 އޮކްޓޫބަރު 2018