ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS7/138/2018/177
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 01:27
ސުންގަޑި: 16 އޮކްޓޫބަރު 2018 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
"ހިޔާ" މަޝްރޫޢުގެ H7 ކެޓަގަރީން ފުލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އިޢުލާންކުރުން

ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫޢު "ހިޔާ" ގެ ދަށުން ކެޓަގަރީ H7 18 އަހަރާ 40 އަހަރާ ދެމެދު ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ ކެޓަގަރީގެ ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުޞަޠުގައި، ފުލެޓަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ފުލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާންމުކުރުމުގެ ގޮތުން އިޢުލާންކުރީމެވެ.

މިކެޓަގަރީއަށް ފޯމް ހުށަހެޅުއްވި 8995 ބޭފުޅުންގެ ތެރެއިން މިކެޓަގަރީން ފުލެޓް ދޫކުރުމަށް ކަނޑައެޅިފައިވާ ޢަދަދަކީ 1000 އެވެ.

ފުލެޓް ލިބޭ ފަރާތްތަކުގެ ދާޢިމީ ލިސްޓް އިޢުލާންކުރެވޭނީ، ފުލެޓަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ފުލެޓަށް ކުރިމަތިލާފައިވޭތޯ ބަލައި، އެމައުލޫމާތުތައް ސާފުކުރުމުގެ އިތުރުން، މިކަމާ ގުޅިގެން ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރުމަށްފަހު ކަމުގައި ދެންނެވީމެވެ. ޝަކުވާ ހުށަހަޅުއްވާނީ އެކަމަށް ޚާއްސަ ކުރެވިފައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު، 2018 އޮކްޓޯބަރ 14 ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށެވެ. ޝަކުވާ ހުށަހަޅުއްވާ ފަރާތްތަކަށް ލިޔުމުން ޖަވާބުދެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ދާޢިމީ ލިސްޓް އިޢުލާންކުރުމުގެ ކުރިން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހު، ދާޢިމީ ލިސްޓަށް އެއްވެސް ފަރާތެއް އަރުވާނަމަ އަރުވާނީ ވަގުތީ ލިސްޓުން އުނިކުރެވޭ ފަރާތްތަކުގެ ބަދަލުގައި، ވަގުތީ ލިސްޓުގައި މިހާރު ނުހިމެނޭ ފަރާތްތައް ތިބި ތަރުތީބަށް ބަލައިގެން ކަމުގައި ދަންނަވަމެވެ.

10 އޮކްޓޫބަރު 2018