ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS7/138/2018/175
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 00:26
ސުންގަޑި: 16 އޮކްޓޫބަރު 2018 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
"ހިޔާ" މަޝްރޫޢުގެ H5 ކެޓަގަރީން ފުލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އިޢުލާންކުރުން

ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫޢު "ހިޔާ" ގެ ދަށުން ކެޓަގަރީ H5 ޓީޗަރުންނަށް ޚާއްސަ ކެޓަގަރީގެ ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުޞަޠުގައި، ފުލެޓަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ފުލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް ޢާންމުކުރުމުގެ ގޮތުން އިޢުލާންކުރީމެވެ.

މިކެޓަގަރީއަށް ފޯމް ހުށަހެޅުއްވި 735 ބޭފުޅުންގެ ތެރެއިން މިކެޓަގަރީން ފުލެޓް ދޫކުރުމަށް ކަނޑައެޅިފައިވާ ޢަދަދަކީ     735އެވެ. މިކެޓަގަރީއަށް ފޯމް ހުށަހެޅުއްވި ޢަދަދަށް ބަލައި، ކަނޑައެޅިފައިވާ އުޞޫލުން ޕޮއިންޓް ދިނުމުން މިކެޓަގަރީއަށް ފޯމް ހުށަހެޅުއްވި ހުރިހާ ފަރާތްތަކަށް ފުލެޓް ލިބޭ ވާހަކަ ދަންނަވަމެވެ. އަދި މިކެޓަގަރީގެ އެއްވެސް ފަރާތެއް ލިސްޓުން އުނިނުވާތީ، އެފަރާތްތަކަށް ލިބުނު ޕޮއިންޓް ލިސްޓުގައި ހާމަކޮށްފައެއް ނުވާނެއެވެ.

ފުލެޓް ލިބޭ ފަރާތްތަކުގެ ދާޢިމީ ލިސްޓް އިޢުލާންކުރެވޭނީ، ފުލެޓަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ދެމަފިރިން ފުލެޓަށް ކުރިމަތިލާފައިވޭތޯ ބަލައި، އެމައުލޫމާތުތައް ސާފުކުރުމުގެ އިތުރުން، މިކަމާ ގުޅިގެން ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރުމަށްފަހު ކަމުގައި ދެންނެވީމެވެ.

10 އޮކްޓޫބަރު 2018