މަސައްކަތް
ނަންބަރު: (IUL)308/2018/30
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 08:58
ސުންގަޑި: 15 އޮކްޓޫބަރު 2018 13:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިރުވެލި ބިމުގައި މަލްޓި ޕާޕަސް ހޯލެއް ތަރައްޤީ ކުރުން

އިޢުލާން

އިރުވެލި ބިމުގައި މަލްޓި ޕާޕަސް ހޯލެއް ތަރައްޤީ ކުރުން

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި، މިރަށު އިރުވެލި އިންޖީނުގެ ހިންގި ( ކުރީގެ އިރުމަތި އަވަށު އިންޖީނުގެ ) ބިމުގައި، މަލްޓި ޕާޕަސް ހޯލެއް ތަރައްޤީ ކުރަން ބޭނުންވެއެވެ.

މިމަސައްކަތްކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2018 އޮކްޓޯބަރ 15 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 އޮކްޓޯބަރ 22 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކޮށް ބިޑު ހުށަހެޅޭނީ ކޮންމެ ފަރުދަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ. މިމަސައްކަތް ކުރުމަށް މަޢުލޫމާތު ސާފުކޮށް ބިޑް ހުށަހެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6580026 އާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.                             

09 އޮކްޓޫބަރު 2018