ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
މާލެ، ދިވެހިރާއްޖެ. އިއުލާން ނަމްބަރު: IUL)22-E/22/2018/184)
ވަޒީފާގެ ފުރުސަތު
ވަރލްޑްބޭންކުގެ އެހީގައި ދިވެހި ސަރުކާރުން ތަންފީޒުކުރުމަށް ހަމަޖެހިފައިވާ "އެންހާންސިންގ އެމްޕްލޯއިމަންޓް ތްރޫ ހިޔުމަން ކެޕިޓަލް އެންޑް އޮންޓްރޮޕްރިނިއޯޝިޕް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ތައްޔާރީ މަސައްކަތް ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއަށް ތިރީގައި ބަޔާންކުރެވިފައިވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއެވެ.
މަޤާމް: ސީނިއަރޕްރޮޖެކްޓްސް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
މަސައްކަތުގެ މުއްދަތު: 08 މަސް ދުވަސް ނުވަތަ ދެފަރާތް އެއްބަސްވާ މުއްދަތަކަށް.
ފެންވަރު ނުވަތަ ޝަރުތު:
މި ކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، "ޓަރމްސް އޮފް ރެފަރަންސް" ގައި ބަޔާން ކުރެވިފައިވާނެއެވެ. މަގާމުގެ ޓަރމްސް އޮފް ރެފަރަންސް ގެޒެޓްއިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އެޕްލިކޭޝަން ހުށަހެޅުން:
ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 އޮކްޓޯބަރ 2018 (އާދިއްތަ) ގެ 13:00 ގެ ކުރިން ޢާޒީ ބިލްޑިންގ، ގްރައުންޑް ފްލޯރގައި ހުންނަ ކޯޑިނޭޝަން ސަޕޯޓް ޔުނިޓްއަށް އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 3341318 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ.
- ވެލިޑޭޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ.
ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:
ކޯޑިނޭޝަން ސަޕޯޓް ޔުނިޓް ( ސީ.އެސް.ޔޫ )،ޢާޒީ ބިލްޑިންގ، ގްރައުންޑް ފްލޯރ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، މާލެ، ދިވެހިރާއްޖެ.
އީމެއިލް : [email protected] ފޯން: 3341318
ވަޒީފާއަށް ފަރާތެއް ހޮވުން: - މި ކަމަށް ބޭފުޅަކު ހޮވޭނީ ހުށަހަޅާ ލިޔެކިޔުންތައް ބަލާ އިވެލުއޭޓް ކުރުމަށްފަހު އެންމެ ޤާބިލު ފަރާތަށެވެ. މީހަކު ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓް އާއި ގްރާންޓް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖުލައި 2014" ގައިވާ ގޮތުގެ މަތިންނެވެ.
އިތުރު މައުލޫމާތު: - މި މަގާމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މިމިނިސްޓްރީގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓުގެ ނަންބަރު 3341318 އާއި ގުޅުއްވުން އެދެމެވެ.
8 އޮކްޓޯބަރ 2018