ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)265/265/2018/21
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 12:05
ސުންގަޑި: 14 އޮކްޓޫބަރު 2018 10:30
ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުން ކުލީ ބިން ދޫކުރުމާއިބެހޭ

މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީއިން ހުއްދަ ލިބިފައިވާ ތިރީގައި މިދަންނަވާ ބިން ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ބިންތަކާއިބެހޭ މަޢުލޫމާތު:

  • ބަނދަރުގެ އިރުމަތީކޮޅުން ތެލުގެ ވިޔަފާރި ކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 600 އަކަފޫޓުގެ 1 ބިން
  • ބަނދަރުގެ ދެކުނުކޮޅުން ގުދަން ހެދުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 600 އަކަފޫޓުގެ 1 ބިން
  • ބަނދަރުގެ ދެކުނުކޮޅުން ކެފޭ/ރެސްޓޯރެންޓް ހެދުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 1500 އަކަފޫޓުގެ 1 ބިން

ވީމާ، މި ބިންތައް ބިޑު އުސޫލުން ކުއްޔަށް ހިފުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން ތިރީގައިވާ ތާރީޚާއި ގަޑީގައި މަޢުލޫމާތު ސާފުކުރައްވާ އެކަމަށް އެދި ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

އަންދާސީހިސާބު ހުށަހެޅުއްވުން

ތަން: ހދ.ކުރިނބީ ކައުންސިލްގެ އިދާރާގައި

ތަން: ހދ.ކުރިނބީ ކައުންސިލްގެ އިދާރާގައި

14/10/2018 ވާ އާދިއްތަ ދުވަހުގެ 10:30

18/10/2018 ވާ ބުރާސްފަތި ދުވަހުގެ 10:30

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ބަނދަރު ސަރަހައްދުން ކުލީ ބިން ހޯދުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 އޮކްޓޫބަރު 2018