ދިވެހިރާއްޖެ
ނަންބަރު: 94/IUL)202-A/1/2018)
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މާލެ އަތޮޅު މާހަލު ގައި ޖަހާފައިވާ، 12 މޭލު ދުރަށް އަލިފޮނުވާ 01 (އެކެއް) ފަރުބައްތީގެ ބުޑުއަޅައި އަމިއްލަތަކެތީގައި ޓަވަރުހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 4 ސެޕްޓެމްބަރ 2018 ވަނަދުވަހު ކުރުވުނު އިޢުލާން ނަމްބަރ (IUL)202-A/1/2018/79 ބާޠިލުކޮށް އަލުން މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރާނެ ފަރާތެއްހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އޮކްޓޯބަރ 11 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޮކްޓޯބަރ 17 ވާ ބުދަ ދުވަހުގެ 10:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށެހެޅުއްވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
28 މުޙައްރަމް 1439