ދިވެހިރާއްޖެ
c
&
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ފީއަލީ، ނަންބަރު: (IUL)370-ESMS SC/370/2018/23
ދިވެހިރާއްޖެ.
އިޢުލާން
ފ. ވިލިގިލިވަރު ފިނޮޅު ގޮނޑުދޮށުން ވެލިނެގުމާއި ގުޅޭ
މިރަށާއި ކައިރި ފާފު " ވިލިގިލިވަރު " ފިނޮޅު ގޮނޑުދޮށުން ވެލިނަގަމުންދާކަމުގެ މަޢުލޫމާތު އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީއަށް ލިބިފައިވާ ކަން އެ އެޖެންސީގެ ނަންބަރު : 203-EIARES/370/2018/03 ( 24 ސެޕްޓެމްބަރ 2018 ) ސިޓީއިން މިއިދާރާއަށް ވަނީ އަންގާފައެވެ. މިގޮތުން ޙަވާލާ ދެންނެވުނު ސިޓީން ފާފު " ވިލިގިލިވަރު " ފިނޮޅު ގޮނޑުދޮށުން އެއްވެސް ބަޔަކު ވެލި ނަގާނަމަ ، އެކަން ކުރިފަރާތެއްގެ މަޢުލޫމާތު އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީއަށް ހިއްސާކުރުމަށް މިކައުންސިލަށް ވަނީ އަންގާފައެވެ.
ވީމާ، ފާފު " ވިލިގިލިވަރު " ފިނޮޅު ގޮނޑުދޮށުން ވެލިނެގުމަކީ ދިވެހި ރާއްޖޭގެ ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުންކުރުމުމާއި ބެހޭ ޤަވައިދުގެ ދަށުން މަނާކަމެއް ކަން ޢާންމުކޮށް އަންގާ ޢިއުލާން ކުރަމެވެ. އަދި ފާފު " ވިލިގިލިވަރު " ފިނޮޅުން ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުންކުރުމުމާއި ބެހޭ ޤަވައިދާ ޙިލާފަށް ވެލިނަގަމުންދާ ފަރާތްތަކުގެ މަޢުލޫމާތު މިކައުންސިލް އިދާރާގެ ފަރާތުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީއަށް ޙިއްސާ ކުރަމުން ގެންދާނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
17 A1440
27 ސެޕްޓެމްބަރ 2018
މުޙައްމަދު ޖަލީލް
ކައުންސިލްގެ ރައީސް