ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)434-HR/434/2018/118
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 09:37
ސުންގަޑި: 15 އޮކްޓޫބަރު 2018 13:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ދީނީ ފެސިލިޓޭޓަރ (ކޮންޓްރެކްޓް އުޞޫލުން)

މަޤާމް :ދީނީ ފެސިލިޓޭޓަރ (ކޮންޓްރެކްޓް އުޞޫލުން)
ބޭނުންވާ އަދަދު :1

މަޤާމު

ދީނީ ފެސިލިޓޭޓަރ (ކޮންޓްރެކްޓް އުޞޫލުން)

ބޭނުންވާ ޢަދަދު

1 (އެކެއް)

 

މުސާރަ

ކްލާސް ހިންގާ ގަޑިއިރަކަށް އަމިއްލަ މެޓީރިއަލްގައި ފެސިލިޓޭޓްކުރާ ފަރާތްތަކަށް -/250 (ދުއިސައްތަ ފަންސާސް) ރުފިޔާގެ ރޭޓުން، މިއެޖެންސީން މެޓީރިއަލްސް ހަމަޖައްސައިދިނުމުން ފެސިލިޓޭޓްކުރާ ފަރާތްތަކަށް -/150 (ސަތޭކަ ފަންސާސް) ރުފިޔާގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން

ހާފްވޭ ހައުސް (ހުޅުމާލެ)

ތަޢުލީމާއި ތަޖުރިބާ

  1. މަގާމުގެމަސައްކަތްކުރުމުގެހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމާއި ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން އެމް.އެސް 1 ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ
  3. މަގާމުގެމަސައްކަތްކުރުމުގެހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކުހެއް ލިބިފައިވާ މީހެއްކަމުގައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ދީނީ ދަރުސް ދިނުން
  2. އިސްލާމް ކިޔަވައިދެއްވުން
  3. ޤުރުއާން ކިޔަވައިދެއްވުން
  4. ލިޔަންކިޔަން ދަސްކޮށްދިނުން
  5. ހިނައި ތާހިރުވާން ދަސްކޮށްދިނުން
  6. ނަމާދު ކުރަން ދަސްކޮށްދިނުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މި މަޤާމަށް އެދި ހުށަހަޅާ ސިޓީ
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (ރާއްޖޭން ބޭރުގެ ސަނަދެއް ނަމަ އެކްރެޑިޓް ކޮށްފައިވާ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  5. ވަޒީފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.
  6. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް

މުއްދަތު ހަމަވާ ތާރީޚް އަދި ސިޓީ ހުށަހަޅާނެގޮތް

2018 އޮކްޓޫބަރ 15 ވާ ހޯމަ ދުވަހުގެ 13:00 މި މަޤާމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ސިޓީ ހުށަހަޅުއްވާނީ ހުޅުމާލެ ހާފްވޭ ހައުސްއަށެވެ. ނުވަތަ ނޭޝަނަލް ޑްރަގް އޭޖެންސީ (ގ. ގްރީންގެ)

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3312018 އެވެ.

07 އޮކްޓޫބަރު 2018