ޢާންމު މަޢުލޫމާތު
ނަންބަރު: 182-MTG/CIRC/2018/ 03
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 09:27
ސުންގަޑި: 14 އޮކްޓޫބަރު 2018 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ސާރކިއުލަރ

ސާރކިއުލަރ

 

                    މަސްތުވާ ތަކެއްޗާބެހޭ ގާނޫނު 2011/17 ގެ ޖަދުވަލު 2 ގައިވާގޮތުން ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެއްޗަކީ (ކޮންޓްރޯލް ޑްރަގްސް) ކަނޑައެޅިފައިވާ ހާއްސަ މިންގަނޑުތަކަކަށް މޮނިޓަރކޮށް ބަލަހައްޓަންޖެހޭ ބޭސްތަކެކެވެ.

 

               ކޮންޓްރޯލްޑްރަގް ލިޔުމަށް ހާއްސަ ކޮށްފައިވާ ބޭސްސިޓީތައް ކޮންމެ ތިންމަހުން އެއްމަހު މިއޮތޯރިޓީއަށް ފޮނުވުމުން އެތަކެތި އިވެލުއޭޓްކޮށް ބޭސްވިއްކާފައިވާގޮތް ބަލަމުން ގެންދެއެވެ. މިގޮތަށް ބެލިބެލުމުން، މިއޮތޯރިޓީން ޕްރިސްކްރިޕްޝަން ވިއްކުމަށް ހަވާލުކޮށްފައިވާ ފަރާތް ނޫން އެހެން ފަރާތަކުން ކޮންޓްރޯލްޑް ޑްރަގް ޕްރިސްކްރިޕްޝަން ފޮތް ޗާޕްކޮށްވިއްކާކަން މިއޮތޯރިޓީއަށް ފާހަގަވުމުން، ކަމާއިގުޅޭ އިދާރާތަކާއިއެކު އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ. މިހާރު ޗާޕްކުރަމުންދާ " ފޭކް " ބޭސް ސިޓީތަކުގައި މިއޮތޯރިޓީން ފާސްކޮށްފައިވާ ބޭސް ސިޓީގެ ކުލައާއި ޗާޕްކޮށްފައިވާ ކަރުދާހުގެ ތަފާތެއް ހުރިކަންވެސް ފާހަގަ ކުރެވެއެވެ.

 

               ވީމާ ފާރމަސީތަކުން ކޮންޓްރޯލްޑްރަގް ބޭސް ސިޓީއަށް ބޭސް ދޫކުރައްވަމުން ގެންދަވާއިރު ކުލަ އަދި ޗާޕްކޮށްފައިވާ ކަރުދާސް ޗެކް ކުރުމަށް ސަމާލުވުމަށް ދަންނަވަމެވެ. ބޭސް ސިޓީގެ ޞައްޙަ ކަމާއި މެދު އެއްވެސް ޝައްކެއް އުފެދޭނަމަ މިއޮތޯރިޓީގެ ނަމްބަރ: 3014316 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެއްވުން އެދެމެވެ. އަދި މިގޮތަށް ޗާޕްކޮށްފައިވާ " ފޭކް " ބޭސްސިޓީތަކަށް ބޭސް ދޫކުރުމަކީ މަނާކަމެއްކަމުގައިވެސް ދަންނަވަމެވެ.

       

 27 މުހައްރަމް 1440

07 އޮކްޓޫބަރު 2018