ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)337-C-AB/337/2018/32
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 11 އޮކްޓޫބަރު 2018 11:00
މާލެއަތޮޅު މާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާ މަރާމާތުކޮށް ޢިމާރާތައް ބައެއް އިތުރުކުރުމާއި ގުޅޭ:

 

ނަމްބަރު : IUL )337-C-AB/337/2018/32 )

އިޢުލާން

 

 

ކައުންސިލް އިދާރާ މަރާމާތުކޮށް ޢިމާރާތައް ބައެއް އިތުރުކުރުމާއި ގުޅޭ:

 

              މިއިދާރާގެ ނަންބަރ: (IUL)337/337/2018/29 (05 އޮގަސްޓް 2018) އިޢުލާނަށް ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގުބޮޑުކަމަށް ފެންނާތީ އެއިޢުލާން  ބާޠިލް ކުރުމަށްފަހު އަލުން އިޢުލާންކުރަމެވެ. މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތައް ކައުންސިލްގެ އިދާރާ މަރާމާތުކޮށް ޢިމާރާތައް ބައެއް އިތުރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

            ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 އޮކްޓޯބަރ 2018ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 އޮކްޓޯބަރ 2018ވާ ބުދަ ދުވަހުގެ 11:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ޙާޞިރުނުވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައިނުގަންނަގޮތަށް ހަމަޖެހިފައިވާތީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުންއެދެމެވެ.

04 އޮކްޓޯބަރ 2018

 

04 އޮކްޓޫބަރު 2018