ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)138-AS6/1/2018/450
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 14:29
ސުންގަޑި: 14 އޮކްޓޫބަރު 2018 11:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މި މިނިސްޓްރީގެދަށުން ބަލަހައްޓަވަމުންގެންދަވާ ދަރުބާރުގޭގެ ފާށަނާމާލަންގެ އޭ.ސީ 08 އިންޑޯރ ޔުނިޓް ސަރވިސް ކުރުމާއި 02 އައުޓްޑޯ ޔުނިޓްއިން ފެންފައިބާތީ، މި މައްސަލަ ހައްލު ކޮށްދެއްވާނެ ފަރާތެއް ހޯދުމާއި ގުޅޭ

މި އިޢުލާންވަނީ 24 އޮކްޓޫބަރު 2018 10:34 ގައި ބާތިލް ކުރެވިފައެވެ.


މި މިނިސްޓްރީގެދަށުން ބަލަހައްޓަވަމުންގެންދަވާ ދަރުބާރުގޭގެ ފާށަނާމާލަންގެ އޭ.ސީ 08 އިންޑޯރ ޔުނިޓް ސަރވިސް ކުރުމާއި 02 އައުޓްޑޯ ޔުނިޓްއިން ފެންފައިބާތީ، މި މައްސަލަ ހައްލު ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އޮކްޓޫބަރު 07 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޮކްޓޫބަރު 14 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.   

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 އޮކްޓޫބަރު 07 ވާ އާދީއްތަ ދުވަހުގެ 11:00 އިން ފެށިގެން 2018 އޮކްޓޫބަރު 14 ވާ އާދީއްތަ ދުވަހުގެ 09:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

04 އޮކްޓޫބަރު 2018