މަސައްކަތް
ނަންބަރު: 396-A/2018/31
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 10:04
ސުންގަޑި: 11 އޮކްޓޫބަރު 2018 11:00
ހައްދުންމަތީ ދަނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ހުޅަނގުބައި ޢިމާރާތްކުރުމާއި ބެހޭ

މިކައުންސިލް އިދާރާގެ ހުޅަނގުބައި އަމިއްލަ ތަކެތީގައި މިކައުންސިލު އިދާރާއިން އަންގާ ގޮތެއްގެ މަތީން އިމާރާތްކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ މިކަން ކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 11 އޮކްޓޫބަރު 2018 ވާ ބުދަދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 18 އޮކްޓޫބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރައަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: މަޢުލޫމާތު ސާފްކުރުމަށް ވަޑައިގަންނަވާއިރު އައި.ޑީ.ކާޑް ހިއްޕަވައިގެން ވަޑައިގަތުމަށް  ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވާއިރު އައި.ޑީ.ކާޑްގެ ސާފްކޮޕީއެއް އަންދާސީ ހިސާބާއެކު ހުށަހަޅަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ސިޓީއެއް ގެންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

04 އޮކްޓޫބަރު 2018