ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 171-G1(b)/IUL/2018/080
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 15:30
ސުންގަޑި:
09 އޮކްޓޫބަރު 2018 11:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި ސަރވިސްގެ ބޭނުމަށް 15 ޓްރައިޕޮޑް ގަތުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މިސަރވިސްގެ ބޭނުމަށް 15 ޓްރައިޕޮޑް 25 ދުވަސް ތެރޭގައި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި ސަރވިސްގެ ނަމްބަރު 171-G1(b)/IUL/2018/ 073 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، ދެންނެވިފައިވާ އިޢުލާން ބާތިލްކޮށް މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
- ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2018 އޮކްޓޫބަރު 07 ވާ އާދީއްތަ ދުވަހުން ފެށިގެން 2018 އޮކްޓޯބަރ 09 ވާ އަންގާރަ ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް އެންޑް އެސެޓް މެނޭޖްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ 100/- (ސަތޭކަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މި ސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
- މި ޕްރޮޖެކްޓްގެ ބިޑް ޑޮކިއުމަންޓްސް ކުރިން ބައްލަވައިގެންފައިވާ ފަރާތްތަކުން ބިޑް ޑޮކިއުމަންޓްސް އަލުން ގަންނަވަން ޖެހިވަޑައެއް ނުގަންނަވާނެއެވެ. ނަމަވެސް ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑަށް އަލުން ނަން ނޯޓް ކުރައްވަން ވާނެއެވ
- މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2018 އޮކްޓޯބަރ 10 ވާ ބުދަ ދުވަހުގެ 13:00 ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ސެޕްޓެމްބަރު 10 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި ސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.
- ބީލަން ހުޅުވުން އޮންނާނީ 2018 އޮކްޓޯބަރ 16 ވާ އަންގާރަ ދުވަހުގެ 13:00 ގައި މި ސަރވިސްގެ ފައިނޭންސް އެންޑް އެސެޓް މެނޭޖްމަންޓް. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތާއި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމާއި ބިޑް ހުޅުވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ
03 އޮކްޓޯބަރު 2018 މ.
03 އޮކްޓޫބަރު 2018