ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)197-A1/1/2018/10
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 14 އޮކްޓޫބަރު 2018 14:00
ސުޕްރީމް ކޯޓް
ދިވެހިރާއްޖެ
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމު

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ

ޢަދަދު

01

މަސައްކަތްކުރަންޖެހޭ ތަން

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އަސާސީ މުސާރަ

މުސާރަ: 30,000/-ރ (ތިރީސްހާސް ރުފިޔާ)،

އެލަވަންސްތައް

1- ލިވިންގ އެލަވަންސް: 15,000/-ރ (ފަނަރަހާސް ރުފިޔާ)

2- ފޯނު އެލަވަންސް: 2000/-ރ (ދެހާސް ރުފިޔާ)

އަސާސީ ޝަރުޠު

1- ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ޕެނަލް އިން ބަލާނެ ކަންތައްތައް ތިރީގައި މިވަނީއެވެ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން މަސައްކަތާ ގުޅޭ ދާއިރާއަކުން މަޤާމުގެ އެންމެ ދަށްވެގެން ފުރަތަމަ ޑީގްރީ ޙާޞިލްކޮށްފައިވުން.

(ށ) ދައުލަތުގެ އިދާރާއެއްގައި ނުވަތަ ސަރުކާރުގެ ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ބައިނަލްއަޤުވާމީ ޖަމުއިއްޔާ ޖަމާޢަތެއްގައި ސީނިއަރ މެނޭޖްމަންޓުގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

(ނ) ކުރިން ވަޒީފާ އަދާކޮށްފައިވާ ދާއިރާތަކުގައި އަމިއްލައަށް އިސް ނަގައިގެން މަސައްކަތްކޮށް، ނަތީޖާ ޙާޞިލްކޮށްދީފައިވުމާއި، ތަފާތު ގިންތިތަކުގެ މުވައްޒަފުން ގޮވައިގެން މަސައްކަތްކޮށް ލީޑަރޝިޕް ދައްކާފައިވާ މީހެއްކަމުގައިވުން.

(ރ) ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ޤަވާޢިދުތައް އެނގޭ މީހެއްކަމުގައިވުން.

(ބ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/2009/01 ސަރކިއުލަރގައި ބަޔާންކޮށްފައިވާ މަސްޢޫލިއްޔަތުތަކާއި، ވާޖިބުތައް އަދާކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހެއްކަމުގައިވުން.

(ޅ) ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ދާއިރާގެ މަސައްކަތާ ގުޅޭގޮތުން ލަފާދިނުމުގެ ޤާބިލުކަމާއި ޤައުމީ އަދި ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ދާއިރާ ތަމްސީލުކުރުމުގެ ޤާބިލުކަން ލިބިފައިވާ މީހެއްކަމުގައިވުން.

(ކ) ދިވެހިބަހުގެ އިތުރުން ޢަރަބިބަސް އަދި އިނގިރޭސިބަސް ފަދަ ބޭރުގެ ބަހަކުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވުން.

2- ޝަރުޢީ ދާއިރާގެ ވަޒީފާއަކަށް އައްޔަންކުރާ ފަރާތްތަކުގައި ހުރުން ލާޒިމުވާ ތިރީގައިމިވާ ޝަރުތުތައް ފުރިހަމަވެފައިވުން.

(ހ) ދިވެހި ރައްޔިތެއްކަމުގައިވުން.

(ށ) ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ވަޒީފާއިން މުސްކުޅި ކުރުމުގެ އިޚުތިޔާރު ލިބިދޭ ޢުމުރަށްވުރެ ދޮށީ ޢުމުރުގެ މީހެއްކަމުގައި ނުވުން.

(ނ) އިސްލާމް ދީނުގައި ޙައްދެއްކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ޓެކުން، މަކަރާއި ހީލަތް ހެދުން އަދި ޚިޔާނާތް ފަދަ ބޮޑު ކުށެއް ކުރިކަން، ވޭތުވެދިޔަ ފަސްއަހަރުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

(ރ) ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވަޒީފާއެއްގައި އެ މީހާގެ މަންމަ، ބައްޕަ، ދަރިއެއް، އެއްބަނޑުއެއްބަފާ މީހެއް، އެއްބަނޑު މީހެއް، ނުވަތަ އެއްބަފާ މީހެއް، އަންބެއް ނުވަތަ ފިރިއަކު ނެތުން.

މުއްދަތު

މި މަޤާމުގެ މުއްދަތަކީ މީލާދީ 5 އަހަރެވެ. ނަމަވެސް މި މަޤާމަށް އައްޔަން ކުރެވޭ ފަރާތަކީ ޝަރުޢީ ދާއިރާގެ އިދާރީ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރެވިދާނެ ފަރާތެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ޤަބޫލުކުރެވޭ ފެންވަރެއްގައި ހުރެއްޖެނަމަ، އެ މީހެއްގެ މަޤާމުގެ މުއްދަތު 5 އަހަރުން 5 އަހަރަށް އިތުރު ކުރެވިދާނެއެވެ.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

1- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/2009/01 ސަރކިއުލަރގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުން.

ހުށަހަޅަންޖެހޭ ތަކެތި

1- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓު. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލުގެ ކޮޕީ)

6- އަދާކޮށްފައިވާ އަދި ކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައިވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަނޑި

މި މަޤާމަށް އެދި ހުށަހަޅާ ވަޒީފާ ފޯމު 2018 އޮކްޓޫބަރު 14 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

1- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ކޯޓުގެ ކައުންޓަރުންނާއި މި ކޯޓުގެ ވެބްސައިޓް www.supremecourt.gov.mv އިން ލިބެން ހުންނާނެއެވެ.

2- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

3- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

4- އިންޓަރވިއުގައި ބައިވެރިކުރެވޭނީ، ހުށަހަޅާ ވަނަވަރުތަކަށް ބެލުމަށްފަހު ޝަރުތު ފުރިހަމަވާ ފަރާތްތައް އެކަންޏެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

ޖުޑީޝަލް އެޑްމިނިސްޓްރެޓަރުގެ މަޤާމަށް އެކަށީގެންވާ ފަރާތެއް ހޮވުމުގައި އެ ފަރާތެއްގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، އިސްނެގުމަށާއި، ލީޑަރޝިޕަށާއި، ހިންގުމުގެ ތަޖުރިބާ އާއި ނަތީޖާ ޙާޞިލްކޮށްފައިވާ މިންވަރަށް ރިޢާޔަތް ކުރެވޭނެއެވެ.

03 އޮކްޓޫބަރު 2018