ދިވެހިރާއްޖެ
އިޢުލާނު
މަޤާމު: ޕްރޮޖެކްޓް ކޯޑިނޭޓަރ
ބޭނުންވާ އަދަދު: 1
މަޤާމުގެ ގިންތި: ކޮންޓްރެކްޓް (1 އަހަރު)
މަޤާމުގެ ކްލެސިފިކޭޝަން: މެނޭޖަރ
ސެކްޝަން: އީ- ސެކްޝަން
މަޤާމް އޮތް އޮފީސް: މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ވަޒީފާ އަދާކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އެޑިޔުކޭޝަން / މާލެ
މުސާރައާއި އެލަވަންސް: މަހަކު -/25,000 ރުފިޔާ
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ޒަމާނީ ވަސީލަތްތަކާއި އައި.ސީ.ޓީ. ޓޫލްސްތަކުގެ އެހީގައި ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް އެން.އައި.އީ. އާ ގުޅިގެން ރާވާ ހިންގައި ބެލެހެއްޓުން
- ގޫގުލް ފޯރ އެޑިޔުކޭޝަންގެ ޓޫލްސްތައް ބޭނުންކުރުމުގައި ޓީޗަރުންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދީ، އެހީތެރިކަން ފޯރު ކޮށްދިނުން
- މުދައްރިސުންގެ އައި.ސީ.ޓީ. ސްޓޭންޑާރޑް ތަކާއި، އައި.ސީ.ޓީ މާސްޓަރ ޕްލޭނަށް ބޭނުންވާ ފަންނީ ލަފާ ފޯރޮކޮށްދިނުން.
- ސްކޫލްތަކާއި މިނިސްޓްރީގެ ޑިޕާރޓްމަންޓަކަށް MEMIS އާއި ގުޅޭގޮތުން ބޭނުންވާ ތަމްރީން ފޯރުކޮށްދީ، MEMIS އަށް ދިމާވާ މައްސަލަތައް ޙައްލުކުރުން
- MEMIS މެދުވެރިކޮށް ސްކޫލްތަކާއި މިނިސްޓްރީގެ ޑިޕާރޓްމަންޓްތަކަށް ބޭނުންވާ ޞައްޙަ މަޢުލޫމާތު އަދާހަމަކޮށް ލިބޭނެ ނިޒާމް ޤާއިމްކޮށްދިނުން
- OpenEMIS ގައި ލިބެންހުރި ވަސީލަތްތަކުގެ އެހީގައި MEMIS ކަސްޓަމައިޒްކޮށް، ތަރައްޤީ ކުރުން
- ޑިޖިޓަލް ކޮންޓެންޓް ތައްޔާރުކުރުމަށް ޓީޗަރުންނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ޕްލެޓްފޯމެއް ތައްޔާރުކުރުން؛ މި ޕްލެޓްފޯމު ގެތެރެއިން އޯޕަން ސޯސް / ޕެއިޑް އެޕްލިކޭޝަން ތައް ޓީޗަރުންނަށް ލިބޭނެގޮތްތައް ހޯދުން.
- އެން.އައި.އީ. އާ ގުޅިގެން ކަރިކިޔުލަމް ޑިޖިޓައިޒް ކުރުމަށް ކަރިކިޔުލަމް ޕޯޓަލް އެއް ތައްޔާރުކުރުން.
- ޓީޗަރުންގެ މެދުގައި މަޢުލޫމާތުތައް ޙިއްޞާކުރުމަށް ފޯރަމް އެއް ތައްޔާރުކުރުން.
- ޑިޖިޓަލް ޓެކްނޮލޮޖީ އަށް އަންނަ ކުރިއެރުންތައް ދެނެގަނެ، ޕްލެޓްފޯމާއި އެޕްލިކޭޝަންތައް ޒަމާނީ ކުރުން.
މަޤާމުގެ ޝަރުޠު:
ގޫގުލް ސަރޓިފައިޑް އެޑިޔުކޭޓަރ ލެވެލް 2 ނުވަތަ އެއައްވުރެ މަތީ ގޫގުލްގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއިއެކު ތަޢުލީމީ ދާއިރާގައި މަސައްކަތްކޮށް، އެޑިޔުކޭޝަނަލް މެނޭޖްމަންޓް ދާއިރާއިން މާސްޓަރޒް ޑިގްރީ ޙާޞިލްކޮށްފައި ވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް
- އެޑިއުކޭޝަނަލް މެނޭޖްމަންޓް އިންފްމޭޝަން ސިސްޓަމްގެ ދާއިރާގައި މަސަކަތްކޮށް ލިބިފައިވާ ތަޖުރިބާ
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ
(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
10. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
11. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތް، އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް، އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން www.moe.gov.mv މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޮކްޓޯބަރ 2018 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، މި މިނިސްޓްރީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3321201 އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ، އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 16 އޮކްޓޯބަރ 2018 އާއި 21 އޮކްޓޯބަރ 2018 އާ ދެމެދު ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ޙާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ޝޯޓްލިސްޓް ކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:
މަޤާމު: |
ޖުމްލަ އިންސައްތަ |
ޕްރޮޖެކްޓް ކޯޑިނޭޓަރ: |
45 |
އިތުރު މަޢުލޫމާތު ހޯދުން:
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 7745484 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3321201 އެވެ.
23 މުޙައްރަމް 1440