ދިވެހިރާއްޖެ
ގދ.ގައްދޫގައި އަލަށް އިމާރާތްކޮށްފައިވާ މިސްކިތް " މަސްޖިދުލް އަމީން " އަށް އިމާމަކު / މުދިމަކު ބޭނުންވެއްޖެއެވެ.
މަޤާމް : އިމާމު / މުދިމް
ބޭނުންވާ އަދަދު: 01 (އެކެއް)
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން: މަސްޖިދުލް އަމީން (ގދ.ގައްދޫ)
އުޖޫރަ:
- އިމާމު ޝަރުތު ހަމަވާނަމަ ކޮންމެ ނަމާދު ވަގުތަކަށް /-61 ރުފިޔާ (ފަސްދޮޅަސް އެއް ރުފިޔާ)
- މުދިމް ޝަރުތު (ޤްރުއާނން ރީއްޗަށް ކިޔަވަން އެގުން، ބަންގި ގޮވުމާއި، އިމާމްވެ ނަމާދުކުރަން އެގޭ ފަރާތަކަށްވުން) ޝަރުތު ހަމަވާނަމަ /-53 ރުފިޔާ
- ( ފަންސާސް ތިން ރުފިޔާ)
މަޤާމުގެ މަސްއޫލިއްޔަތު:
- ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 ވަރަކަށް މިނިޓް ކުރިން މިސްކިތަށްގޮސް މިސްކިތުގެ ކަންތައްހުރީ ކިހިނެއްތޯ ބަލާ ރަނގަޅުކުރުމަށްފަހު
- ނަމާދު ވަގުތު ޖެހުމުން ވަގުތު ބަންޤި ގޮވައި އިމާމްވެ ނަމާދުކުރުން.
- މިސްކިތް ސާފުކުރާ މުވައްޒަފުންގެ މަސައްކަތް ހިނގާގޮތް ދުވަހުން ދުވަހަށް ސުޕަވައިޒްކޮށް ބެލެހެއްޓުން.
ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް:
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
- ލިބިފައިވާ ސަނަދު، ސެޓްފިކެޓްތަކުގެ ކޮޕީ
- އައިޑީކާޑް ކޮޕީ
- ކުރިން އެހެން ވަޒީފާއެއްގައި އުޅެފައިވާނަމަ ވަޒީފާއަދާކުރި ތަނުގެ ތައްގަނޑު ޖަހާފައިވާ ލިޔުމެއް.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މި މަޤާމަށް އެދޭ ފަރާތްތަކުން 09 އޮކްޓޯބަރ 2018 ވާ އާދީއްތަދުވަހު މެންދުރު 12:00 ކުރިން ވަޒީފާއަށް އެދި މިއިދާރާއާށް ސީޓީ ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު:
މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކާއެކު އިންޓަރވިއު ކުރުމަށްފަހު އެންމެމަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށް މަސައްކަތް ހަވާލުކުރެވޭނެއެވެ. މަސައްކަތަށް
މުވައްޒަފުން ނެގޭނީ މިސްކިތް ހުޅުވުމުންނެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
02 އޮކްޓޯބަރ 2018