ދިވެހިރާއްޖެ
ނަންބަރ: IUL)285-A/285/2018/33) އިޢުލާން ގަބުރުސްތާން ވަށާފާރު ރޭނުމަށް އެޅިގާ ހޯދުމާގުޅޭ. މި ރަށުގައި ބޭނުންކުރަމުންދާ ދެ ޤަބުރުސްތާން ވަށާފާރު ރޭނުމަށް ބޭނުންވާ އެޅިގާ ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު IUL)285-A/285/2018/31)އާއި ގުޅިގެން، އެކަށީގެންވާ ވަރަށް އެސްޓިމޭޓް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލައި އިޢުލާން ކުރަމެވެ. ވީމާ މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 7 އޮކްޓޯބަރ 2018 ވާ އާދީއްތަ ދުވަހުގެ 13:00ށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 11 އޮކްޓޯބަރ 2018 ވާ ހޯމަ ދުވަހުގެ 13:00ށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ބޭފުޅެއްކަން އެނގޭނެ ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. އަދި ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަންބަރ: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓައި އިޢުލާން ކުރީމެވެ. 21 މުޙައްރަމް 1440 01 އޮކްޓޯބަރ 2018
ހުސައިން އަބޫބަކުރު ހެނބަދޫ ކައުންސިލްގެ ނައިބު ރައީސް |