ދިވެހިރާއްޖެ
އަރިއަތޮޅު ދެކުނުބުރީ އޮމަދޫގެ އަންހެނުންގެ ނަމާދުގެ އެޅުމަށް ކުރިން ޚާއްޞަކުރި، ބިން 06 ބަޔަށް ބައިކުރުމަށްފަހު އޭގެތެރެއިން 04 ބައި (03، 04، 05، 06 )ކުއްޔަށް ދޫކުރުމަށް ނިންމައިފީމެވެ. އެގޮތުން އެބިން ކުއްޔަށް ދިނުމަށްޓަކައި ހެދިފައިވާ މަޢުލޫމާތު ކަރުދާސް ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ކަރުދާހުގެ އަގަކީ 500.00 ރ (ފައްސަތޭކަ ރުފިޔާ) އެވެ.
މި ބިމަށް ހުށައެޅޭނެ އެންމެ ކުޑައަގަކީ އަކަފޫޓަކަށް 30 ލާރިއެވެ. ކޮންމެ ބިމެއްގައި ހުންނާނީ ގާތްގަނޑަކަށް 1680 އަކަފޫޓެވެ.
ވީމާ މިބިން ކުއްޔަށް ހިފަން ބޭނުންވެލައްވާ ފަރާތްތަކުން ކައުންސިލް އިދާރާއިން ދޫކުރާ ނަމޫނާ އާއި އެއްގޮތަށް ސިޓީ ހުށައަޅުއްވަމުން ގެންދެވުން އެދެމެވެ. ހުށައަޅުއްވާ ސިޓީގައި ތިރީގައި މިދަންނަވާ މަޢުލޫމާތުތައް ފުރިހަމަވާން ވާނެއެވެ. އަދި ސިޓީއާއިއެކު މަޢުލޫމާތުކަރުދާސް ގަތުމަށް ފައިސާދެއްކި ރަސީދުގެ ކޮޕީ ހުށައަޅުއްވަން ވާނެއެވެ.
1 ހުށައަޅުއްވާ ފަރާތުގެ ނަމާއި އެޑްރެސް (ކުންފުންޏަކުން ހުށައަޅުއްވާނަމަ އެކުންފުންޏެއްގެ ނަމާއި އެޑްރެސް)
2 ހުށައަޅުއްވާ ފަރާތުގެ އައިޑީ ކާރޑް ނަމްބަރ: (ކުންފުންޏަކުންނަމަ ރަޖިސްޓްރީ ނަމްބަރ)
3 ހުށައަޅުއްވާ އަގު: (އަކަފޫޓަކަށް ބަލައިގެން)
4 ބިމުގެ ނަމްބަރާއި މިން (އަކަފޫޓުން):
ހުށައަޅުއްވާ ސިޓީތަކުގައި މަތީގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ފުރިހަމަ ނުވާނަމަ ބާޠިލް ކުރެވޭނެއެވެ.
ބިން ކުއްޔަށް ހިފުމަށްޓަކައި ސިޓީ ހުށައަޅުއްވައިގެން އެބިމެއް އެފަރާތަކަށް ލިބުމުން އެގެރިމެންޓްގައި ސޮއި ނުކޮށްފިނަމަ އެކަމުން ކައުންސިލް އިދާރާއާއި ރައްޔިތުންނަށް ލިބޭ މާލީ ގެއްލުމުގެ ބަދަލުގައި -/500ރ އާއި -/5000ރ އާއި ދެމެދުގެ ޢަދަދަކުން އެފަރާތެއް ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަރާތަކަށް އދ. އޮމަދޫގެ އެހެން ބިމެއް ކުއްޔަށް ހިފުމަށް ކުރިމަތި ލެވޭނީ އެފައިސާ ކައުންސިލް އިދާރާއަށް ދެއްކުމަށްފަހު ފައިސާ ދެއްކި ރަސީދުގެ ކޮޕީ އާއި އެކުގައެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި ޢިއުލާނު ކުރީމެވެ.