ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)399-CA/399/2018/49
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 25 އޮކްޓޫބަރު 2018 13:30
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

 


ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ

          ލ. ގަން،

         ދިވެހިރާއްޖެ.

 

 

                                                      ނަމްބަރ: (IUL)399-CA/399/2018/49

 

އިޢުލާނު

 

މަޤާމް:

މަޤާމުގެ ނަންބަރ:

ބޭނުންވާ ޢަދަދު:

މަޤާމުގެ ގިންތި:

މަޤާމުގެ ރޭންކް:

މަޤާމުގެ ކްލެސިފިކޭޝަން: 

ސެކްޝަން:

މަޤާމް އޮތް އޮފީހުގެ ނަން:

ވަޒީފާ އަދާކުރަންޖެހޭ ތަން:

މުސާރަ:

ސާރވީސް އެލަވަންސް:

އެހެނިހެން އެލަވަންސް:

އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

J-294767

01

ދާއިމީ

MS2

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

އިކޮނޮމިކް ޑިވެލޮޕްމަންޓް ސެކްޝަން

ލ.ގަމު ކައުންސިލްގެ އިދާރާ

ލ.ގަމު ކައުންސިލްގެ އިދާރާ

-/6295ރ

-/2000ރ

1. ސިވިލްސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުގެ މަތިން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންސަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައުވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

4. ޓެކްނިކަލް ކޯ އެލަވަންސް: އަސާސީ މުސާރައިގެ %28

ނޯޓް: ޓެކްނިކަލް ކޯ އެލަވަންސް ދެވޭނީ އިކޮނޮމިކްސްގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށް ހުށަހަޅާ ފަރާތްތަކަށެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން ސަޕޯޓިން ކޯ އެލަވަންސްގެ ގޮތުގައި 900.00ރ (ނުވަސަތޭކަ ރުފިޔާ) ލިބޭނެއެވެ.

މަގާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭނާއި އެއް އަމާޒަކަށް ރަށުގެ ތަރައްޤީގެ ޕްލޭންތައް ރާވާ ހިންގުމަށް ކުރަންޖެހޭ ކަންތައްތައް ޑައިރެކްޓަރގެ އިރުޝާދުގެ މަތިންކުރުން.
  2. ރަށުގައި ހިންގާ ތަރައްޤީގެ އެކިއެކި ޕްރޮޖެކްޓް ތަކާއިބެހޭ ކަންތައްތައް ބެލެހެއްޓުން.
  3. ގުދުރަތީ ކާރިޘާތަކާއި، ރަށުގައި ހިންގޭ އެކިއެކި ޙަރަކާތްތައް ކޯޑިނޭޓްކޮށް ބެލެހެއްޓުން.
  4. ފައިލިން ސިސްޓަމް ބެލެހެއްޓުން.
  5. އިޖްތިމާޢީ އިޤްތިޞާދީ ބޭނުންތަކަށް ބިމާއި، ފަޅު ފަދަތަންތަން އިންވެސްޓްކުރުމާއި، ކައުންސިލްގެ ނަމުގައި މިލްކު ކުރުމާއިބެހޭ މަސައްކަތް އެސިސްޓެންޓް ޑައިރެކްޓަރގެ އިރުޝާދުގެ މަތިންކުރުން.
  6. ކައުންސިލްގެ އެސެޓްތައް ރަޖިސްޓްރީކުރުމާއިބެހޭ މަސައްކަތްކުރުން.
  7. އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރައިގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ ކަންކަންކުރުން.
  8. ކައުންސިލަށް އާމްދަނީ ހޯދުމަށް އެކިއެކި ފަރާތްތަކާއިއެކު ކުރެވިފައި ހުންނަ އެއްބަސްވުންތައް ތަންފީޒުކުރުން.
  9. ކައުންސިލްގެ ނަމުގައި ހުންނަ ބިންތަކާއި ފާރުތައް އަދި އިޖްތިމާޢީ ބިންތައް ބެލެހެއްޓުން.

މަޤާމުގެ ޝަރުތުތައް:

  1. އިކޮނޮމިކްސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނެޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. އިކޮނޮމިކްސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނެޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

(ހ) މޯލިޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓް ތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަ ކޮށް ސެޓްފިކެޓް ލިބިފައި ވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ، އަދާ ކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، މަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައި ވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި،ތަމްރީން 40 އިންސައްތަ
  • އިމްތިޙާން 5 އިންސައްތަ
  • މަސައްކަތުގެ ތަޖުރިބާ 15 އިންސައްތަ
  • ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލްސް) 40 އިންސއްތަ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 އޮކްޓޫބަރ 2018ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ލ.ގަމު ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި  ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 28 އޮކްޓޫބަރ 2018 އާއި 08 ނޮވެމްބަރ 2018 އާ ދެމެދު ލ.ގަމު ކައުންސިލް އިދާރާގައެވެ.

ޝޯޓް ލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800766 ނަންބަރު ފޯނާއެވެ. އީމެއިލް ކުރާންނީ [email protected]  އަށެވެ.

                     

20 މުޙައްރަމް 1440

30 ސެޕްޓެމްބަރ 2018            

30 ސެޕްޓެންބަރު 2018