މަސައްކަތް
ނަންބަރު: (IUL)239-AHRI/239/2018/16
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 11:16
ސުންގަޑި: 10 އޮކްޓޫބަރު 2018 10:00
ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު އަތޮޅުގެ މަރާމާތުކުރުން

ކޮޅުމަޑުލު އަތޮޅުގެ މަރާމާތުކުރަން ބޭނުންވެއްޖެ.

 

ތ.ވޭމަންޑޫގައި ހުންނަ ކޮޅުމަޑުލު އަތޮޅުގެ މަރާމާތުކުރުމަށް ކުރި އިޢުލާނާއި ގުޅިގެން ޝަރުތުހަމަވާ 3 ފަރާތަށްވުރެ މަދުން ބިޑް ހުށަހަޅުއްވާފައިވާތީ، މިއިދާރާގެ ނަންބަރު (IUL)239-AHRI/239/2018/15 ( 06 ސެޕްޓެމްބަރ 2018 ) އިޢުލާން ބާތިލްކޮށް އަލުން މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް އަތޮޅުގެ މަރާމާތު ކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އާއްމުކޮށް އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް މި އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

4 އޮކްޓޯބަރ 2018 ބުރާސްފަތި 11:00 އަށް

10 އޮކްޓޯބަރ 2018 ބުދަ ދުވަހު 10:00 އަށް.

މައުލޫމާތު ދިނުން އޮންނަތަން : ކޮޅުމަޑުލު އަތޮޅު ކައުންސިލް އިދާރާގެ ވޭރު މާލަމް.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަނަންނަވާ އެއްވެސް ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6780700 ، 7909242 ނަންބަރަށެވެ.

               21 މުޙައްރަމް     1440 ހ

               01 އޮކްޓޯބަރ     2018 މ

01 އޮކްޓޫބަރު 2018