މަސައްކަތް
ނަންބަރު: (IUL)319/319/2018/23
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 08:50
ސުންގަޑި:
09 އޮކްޓޫބަރު 2018 11:00
މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގަބުރުސްތާނު ސާފުކުރުން
ބ.މާޅޮހު ގަބުރުސްތާނު ނޮޅާ ސާފުކުރަން ބޭނުންވެއްޖެއެވެ.
ވީމާ މިސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 9 އޮކްޓޯބަރ 2018 ވާ އަންގާރަދުވަހުގެ 11:00ށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
ޤަބުރުސްތާނު ނޮޅާ ސާފުކުރުމާއި ގުޅޭގޮތުން ދެވޭ މަޢުލޫމާތު:
- ޤަބުރުސްތާނުގެ ބޮޑުމިނަކީ؛ 30000 އަކަފޫޓް (200x150)
- ޤަބުރުސްތާނުގެ އެތެރޭގައި ހެދިފައިވާ ހުރިހާ ގަސް / ވިނަ (ހުޅަނގު އުތުރު ކަނުގައި ހުރި ބޮޑުގަސް ފިޔަވައި) ތަކެއް ނޮޅާ ސާފުކުރަންވާނެއެވެ.
- ސާފުކުރަންވާނީ ހަމަބިން ފެންނަވަރަށެވެ.
- ޤަބުރުސްތާނުގެ ވަށައިގެން 5 ފޫޓުގެ ސަރަހައްދެއް ސާފްކުރަންވާނެއެވެ.
- ޤަބުރުސްތާނުގެ ބޭރުގައި ހުރި ބޮޑެތި ގަސްތަކުގެ އަފިތައް ކޮށަންވާނެއެވެ.
- ސާފްކޮށްފައި ނަގާކުނި އަޅާނީ ދެކުނުފަރާތު ފާރުންފެށިގެން 5 ފޫޓް ދުރަށެވެ.
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް، 6600056 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
01 އޮކްޓޫބަރު 2018