ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)280-MS/INDIV/2018/36
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 15:16
ސުންގަޑި: 02 ޑިސެންބަރު 2018 14:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ޅައިމަގުން ދޫކުރުމަށް ހަމަޖެހިފައިވާ 69 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

     ކައުންސިލުން ށ. ޅައިމަގު ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ށ. ޅައިމަގުން ދޫކުރުމަށް ހަމަޖެހިފައިވާ 2000 އަކަފޫޓުގެ 69 ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ގޯތިތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަށުގެ އެކި ސަރަހައްދުތަކުންނެވެ.

     އެގޮތުން ގޯއްޗަށް އެދި ހުށަހަޅާ ފޯމު 30 ސެޕްޓެމްބަރ 2018 އިން ފެށިގެން ޅައިމަގު ކައުންސިލް އިދާއިން ލިބެން ހުންނާނެއެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް

1. ދިވެހިރައްޔިތެއްކަމުގައިވުން

2. އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

3. ށ. ޅައިމަގު ރައްޔިތަކުކަމުގައިވުން

4. ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަގޯއްޗެއް ނުވަތަ ބަންޑާރަގޯއްޗަކުން ބައެއްވިޔަސް އަމިއްލަ ނަމުގައި ރަޖިސްޓްރީވެފައި ނެތުން

 

5. ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން، ތިރީގައި ބަޔާންކޮށްފައިވާފަދައިން ބިމެއް ލިބިފައި އޮވެގެން ނުވާނެއެވެ.

 5.1 ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތުން.

5.2 ދިވެހިރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ، ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައިނެތުން.

5.3 އިސްވެ ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކުން، 600 އަކަފޫޓަށްވުރެ ކުޑަ ނުވަތަ ބޮޑުބައެއް ލިބިފައިވާނަމަ "ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާބެހޭ ޤަވާއިދު" އާއި އެއްގޮތް ވާގޮތުގެމަތިން އެބިން ދޫކޮށްލަން އެއްބަސްވުން. އަދި އެފަދައިން ބިން ދޫކޮށްލަން އެއްބަސްވާ ކަމުގެ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ. އަދި އެފަދަ ލިޔުމެއް ހުށަނާޅާނަމަ، ފޯމުބާތިލްވާނެއެވެ.

6. ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފްލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި ރަޖިސްޓަރީކޮށްފައި ވީނަމަވެސް އެތަނެއް ދޫކޮށްލިތާ ނުވަތަ އެހެންފަރާކަށް ދޫކޮށްލިތާ ނުވަތަ އެހެން ފަރާތަކަށް ދީ ނުވަތަ ވިއްކާފައިވާތާ 2 އަހަރަށްވުރެ ގިނަދުވަސް ވެފައިވުން.

7. ފާއިތުވި 2 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ވާރުތަ މުދަލުގެ ގޮތުގައި ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ޝަރުޢީ މަރުހަލާގެ ތެރެއިން ދޫކޮށްލާފައިވާ ފަރާތަކަށް ނުވުން.

8. ރާއްޖޭގެ އެއްވެސް ރަށަކުން މީގެކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައިވުން.

9. މީގެކުރިން ގޯއްޗެއް ދޫކުރެވިފައިވާ މީހަކުކަމުގައި ނުވުން.

 

ގޯތިދޫކުރުމަށް ޝަރުތުހަމަވާކަމަށް ކަނޑައެޅުން

   ގޯތިދިނުމުގައި ޝަރުތު ހަމަވާކަމަށް ކަނޑައެޅުމުގައި ތިރީގައި އެވާ ގޮތަށެވެ.

  1. މަތީގައި އެވާ ޝަރުތުތކުގެ އިތުރުން ގޯތިދިނުމުގައި ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމުގެ ޤަވާޢިދުގެ 13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޞޫލުން ގޯތީގެ ޙައްޤުވެރިން ކަނޑައެޅުމުގައި މިލިޔުމުގެ އެނެކްސް (1) ގައިވާ މިންގަނޑުތަކުގެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ކަނޑައެޅޭނެއެވެ.

 

  1. ގޯތިލިބެންޖެހޭ މިހުން ހޮވާނި ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓްލިބިފައިވާ ގިނަ  ފަރާތްތައް ތިބިނަމަ އެ ގޯތި ލިބޭމީހާ ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.

 

ގޯއްޗަށް އެދޭ މީހުންނަށް ޕޮއިންޓް ދިނުމުގެ އުޞޫލް

1. ކައިވެނީގެ ބައި :

     މީހަކާ އިނދެގެންހުރިނަމަ                                         25 ޕޮއިންޓް

     ކުރިން މީހަކާއިނދެ، ކައިވެނި ރޫޅިފައި ވީނަމަވެސް ދަރިން ތިބި  ފިރިހެނަކުނަމަ           20 ފޮއިންޓް

     ކުރިން މީހަކާއިނދެ، ކައިވެނި ރޫޅިފައި ވީނަމަވެސް ދަރިން ތިބި  އަންހެނަކުނަމަ           20 ފޮއިންޓް

ކައިވެންޏަށް 1 (އެކެއް) އަހަރު ވެފައިވާނަމަ އަހަރަކަށް                              01 ޕޮއިންޓް

(މިބަޔަށްގިނަވެގެން ދެވޭނީ 6 ޕޮއިންޓް)

2. ޢުމުރުގެ ބައި :

      (ހ) ޢުމުރުން 18 - 25 އަހަރާ ދެމެދު ނަމަ                             05 ޕޮއިންޓް

     (ށ) ޢުމުރުން 26 އަހަރުން މަތިނަމަ                                   07 ޕޮއިންޓް

        (25 އަހަރައްވުރެއް އިތުރުވާ ކޮންމެ އަހަރަކަށް 1 ޕޮއިންޓް، ގިނަވެގެން ދެވޭނީ 07 ޕޮއިންޓް)                    

3. ދަރިންގެބައި:

(ހ) 18 އަހަރުން ދަށުގެ ދަރިއަކުހުރިނަމަ                                    05 ޕޮއިންޓް

(ށ) 18 އަހަރުންދަށުގެ އެއްކުއްޖަކަށްވުރެ ގިނަކުދިންތިބިނަމަ ކޮންމެ ކުއްޖަކަށް                 04 ޕޮއިންޓް

    (މިބަޔަށްގިނަވެގެން ދެވޭނީ 16 ޕޮއިންޓް)

 (ނ) ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކުހުރިނަމަ                        03 ޕޮއިންޓް 

(ރ) ދާއިމީގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ 1 ކުއްޖަކަށްވުރެ ގިނަކުދިން ތިބިނަމަ

 ކޮންމެ ކުއްޖަކަށް (ގިނަވެގެން ދެވޭނީ 08 ޕޮއިންޓް)                               04 ޕޮއިންޓް

 

 

4- މައިންބަފައިންގެ ބައި :

 (ހ) މަންމަ ބަލަމުންގެންދާނަމަ                                          03 ޕޮއިންޓް

(ށ) ބައްޕަ ބަލަމުންގެންދާނަމަ                                           03 ޕޮއިންޓް

(ނ) މައިންބަފައިންނާއި ދަރިންފިޔަވާ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހަކު ބަލަމުންގެންދާނަމަ  03 ޕޮއިންޓް

 

5- ރައްވެހިކަމުގެބައި :

(ހ) ރަށުގެ ރައްވެއްސެއްނަމަ                                            20 ޕޮއިންޓް

(ނ) ރަށުގައި ދިރިއުޅޭނަމަ                                              10 ޕޮއިންޓް

 

އިތުރު ތަފްޞީލް :

  •   ނަމްބަރ 01 ގައިވާ ކައިވެނި ރޫޅިފައިކަމަށް ބަލާނީ ގޯތި ދޫކުރާކަން އިޢުލާނުކުރުމުގެ ކުރިން ކައިވެނި ރޫޅިފައި ވާނަމައެވެ. ކައިވެނީގެ މުއްދަތަށް ޕޮއިންޓް ދޭވޭނީ، ގޯއްޗަށް އެދި ހުށަހަޅާފަރާތުން ހުށަހަޅާފައިވާ ކައިވެނީގެ ސެޓްފިކެޓަތަކަށް ބަލައިގެންނެވެ.
  •   ނަމްބަރ 02 ގައިވާ ޢުމުރުގެ ބައި ބަލާނި ގޯތި ދޫކުރުމަށް ކުރި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚާ ހަމައަށެވެ. އަދި މިބައިން ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން ހުށަހަޅާފައިވާ އެފަރާތުގެ އައި.ޑީ ކާޑްގެ ކޮޕީއަށް ބަލައިގެންނެވެ.
  •   ނަމްބަރ 03  ގެ (ށ) ގައިވާ ދަރިންގެ ޢަދަދަށް ޕޮއިންޓް ދިނުމުގައި 04 ދަރިންނަށްވުރެ ގިނައިން ދަރިން ތިބިކަމުގައިވިޔަސް ދެވޭނި ޖުމަލަ 16 ޕޮއިންޓެވެ. މިބައިން ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފަރާތުން ހުށަހަޅާފައިވާ ދަރިންގެ އުފަންދުވަސް ސެޓްފިކެޓްތަކުގެ ކޮޕީއަށް ބަލައިގެންނެވެ. އަދި ދާއިމީ ގޮތެއްގައި ޚާއްސަ އެހީއަށް ބޭނުންޖެހިފައިވާ ކުދިންނަށް ޕޮއިންޓް ދެވޭނީ، އެ ކުދިންގެ އުފަންދުވަސް ސެޓްފިކެޓް އިތުރުން އެކުދިންނަކީ ޚާއްސަ އެހީއަށް ބޭނުންޖެހިފައިވާ ކުދިންކަން އަންގައިދެ ޑޮކްޓަރުގެ ލިޔުމެއް ހުށަހެޅުމުންނެވެ.

 

  •  ނަމްބަރ 04 ގައިވާ މައިންބަފައިން ބަލަމުންގެންދާތީ ލިބޭޕޮއިންޓް ލިބޭނީ މަންމަ ނުވަތަ ބައްޕަގެ ގޯތިނެތި މަންމަ ނުވަތަ ބައްޕަ ބަލަމުން ގެންދާނަމައެވެ.  އަދި މި ބައިގެ މަންމަ ނުވަތަ ބައްޕަ ބަލަމުންގެންދާނަމަ، ޕޮއިންޓްލިބޭނީ މަންމަ ނުވަތަ ބައްޕަ ބަލަމުންގެންދާކަމުގެ ލިޔުމެއް އެފަރާތުން ހުށަހަޅާފައިވާނަމައެވެ

 

  •  ނަމްބަރ 04 ގެ (ނ) ގައިވާ ފަދަ ޝަރުޢީ ގޮތުން ބަލަންޖެހޭ މީހަކު ބަލަމުންދާކަމަށް ބެލެވޭނީ އެ މީހަކީ މުސްކުޅިވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ އަމިއްލައަށް އެއްވެސް މަސައްކަތެއް ކޮށްނޫޅެވޭފަދަ މީހަކަށްވެފައި އެ މިހެއްގެ ގޯއްޗެއް ނެތި އެމީހުން ކައިރީގަ ބަހައްޓައިގެން ބަލަމުންގެންދާނަމައެވެ. އަދި ޝަރުޢީ ގޮތުން ބަލަންޖެހޭ އެހެން މީހެއް ބަލަމުން ގެންދާނަމަ، ޕޮއިންޓްލިބޭނީ އެފަރާތެއް ބަލަމުންގެންދާކަމުގެ ޝަރުޢީ ލިޔުމެއް ގޯއްޗަށް އެދި ހުށަހަޅާފަރާތުން ހުށަހަޅާފައިވާނަމައެވެ.

 

  •  ނަންބަރު 05 ގެ (ނ) ގައިވާ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތުން އެރަށުގައި ދިރިއުޅޭކަން އަންގައިދޭ ރަސްމީ ލިޔުމެއް ނުވަތަ އެރަށުގައި ވަޒީފާ އަދާކުރަމުންދާކަމުގެ ރަސްމީ ލިޔުމެއް ނުވަތަ އެރަށުގައި ދިރިއުޅޭ ގެއެއްގެ ވެރިފަރާތުގެ ރަސްމީލިޔުމެއް އެފަރާތުގެ އައި.ޑީ ކާޑްގެ ކޮޕީއަކާއެކު ގޯއްޗަށް އެދޭފަރާތުން ހުށަހަޅާފައިވާނަމައެވެ. އަދި ރަށުން ބޭރުގައި ދިރިއުޅުނު ނަމަވެސް، ރަށުން ބޭރުގައި ދިރިއުޅެމުންދަނީ، ކިޔެވުމަށް ނުވަތަ ބޭސް ފަރުވާގެ ބޭނުމަށް 6 މަސް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ކަމަށްވާނަމަ، އެކަން ސާބިތުކުރުމަށް ބޭސްފަރުވާގެ ލިޔުމުގެ ކޮޕީ ނުވަތަ ތަޢުލީމީ ލިޔުމުގެ ކޮޕީ ނުވަތަ ވަޒީފާގެ ލިޔުމުގެ ކޮޕީ ހުށަހަޅާފައިވާނަމައެވެ. 06 މަސް ދުވަހަށްވުރެ ކުރު މުއްދަތަކަށް ރަށުން ބޭރުގައި ދިރިއުޅުނު ނަމަވެސް އެއީ ރަށުން ބެރުގައި ދިރިއުޅެމުންދާ ފަރާތެއްގެ ގޮތުގައި ނުބެލެވޭނެއެވެ.

 

  •  ގޯއްޗަށްއެދި ފޯމްހުށަހަޅާފައިވާ މީހުންގެ މަޢުލޫމާތުތަކަށް އައިސްފައިވާ އުނިއިތުރު ބަލާނީ ގޯއްޗަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚާ ހަމައަށެވެ.

 

 

 

ގޯތިލިބޭގޮތް :

  •  ގޯތިލިބެންޖެހޭ މިހުން ހޮވާނި ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެންނެވެ. އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓްލިބިފައިވާ ގިނަ  ފަރާތްތައް ތިބިނަމަ އެ ގޯތި ލިބޭމީހާ ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
  •  ގޯތި ލިބޭ މީހުން ކަނޑައެޅުމުގައި ކޮންމެ ދެމަފިރިއަކަށް ދެގޯތި ނުލިބޭނެ އުޞޫލުން ވިސްނަވަންވާނެއެވެ.
  •  ގޯއްޗަށް އެދި ދެމަފިރިން އެއްކޮށް ފޯމް ހުށަހަޅައިފިނަމަ، ސޯޓްލިސްޓް ކުރެވޭނީ ދެމަފިރިންގެ ތެރެއިން އެންމެމަތިން ޕޮއިންޓް ލިބޭ ފަރާތަށެވެ.
  •  ގޯއްޗަށް އެދި ދެމަފިރިން އެއްކޮށް ފޯމް ހުށަހަޅައި، ޕޮއިންޓްގެ ގޮތުން ދެފަރާތް އެއްވަރުވެއްޖެނަމަ ސޯޓްލިސްޓް ކުރާނެ ފަރާތެއް ކަނޑައަޅާނީ ދެމަފިރިންގެ މެދުގައި ނުވަތަ ބަދަލުގައި އަންނަ ފަރާތެއްގެ މެދުގައި ގުރުއަތު ލައިގެންނެވެ.
  •  ގޯތިލިބޭނީ މަދުވެގެން 50 ޕޮއިންޓް ލިބޭ ފަރާތްތަކެވެ.
  •  ގޯތި ދޫކުރެވޭ ތަރުތީބު ކަނޑައެޅޭނީ ގޯތި ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ.

 

     މިގޮތުން ގޯއްޗަށް އެދި ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކުން "ށ. ޅައިމަގުން ގޯއްޗަށް އެދި ހުށަހެޅުމަށް އެދޭ ފޯމު" ފުރިހަމަކޮށް، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީއާއި، ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް ބަޔާންކޮށްފައިވާ އެހެނިހެން ލިޔެކިއުންތައް 02 ޑިސެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލް އަށް ހުށަހެޅުއްވުން އެދެމެވެ.

     ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، މި ކައުންސިލްގެ ނަންބަރު 6540051 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

30 ސެޕްޓެންބަރު 2018