މަސައްކަތް
ނަންބަރު: (IUL)308/2018/28
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 11:30
ސުންގަޑި: 04 އޮކްޓޫބަރު 2018 13:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުމަތީ ޕާކް ތަރައްޤީ ކުރުން

އިޢުލާން

 

ބަނދަރުމަތީ ޕާކް ތަރައްޤީ ކުރުން

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި، މިރަށު އުތުރުފަރާތު ބަނދަރު ސަރަޙައްދުގައި ޕާކެއް ތަރައްޤީ ކުރަން ބޭނުންވެއެވެ. މިއީ ރަށަށް ޒިޔާރަތްކުރާ ދަތުރުވެރިންނާއި ބަނދަރު ބޭނުންކުރާ ފަރާތްތަކުގެ ފަސޭޙައަށްޓަކައި ތަރައްޤީ ކުރެވޭ ޕާކެކެވެ.

މިމަސައްކަތްކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2018 އޮކްޓޯބަރ 07 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 އޮކްޓޯބަރ 11 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކޮށް ބިޑު ހުށަހެޅޭނީ ކޮންމެ ފަރުދަކަށްވެސް އެއް ފަރާތެއްގެ ނަމުގައެވެ. މިމަސައްކަތް ކުރުމަށް މަޢުލޫމާތު ސާފުކޮށް ބިޑް ހުށަހެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6580026 އާއި ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.                             

30 ސެޕްޓެންބަރު 2018