ދިވެހިރާއްޖެ
ނަންބަރ:IUL)359-ESMS/INDIV/2018/3)
އިޢްލާން
ސިޓީލާ ނީލަމުގައި ވިއްކާލުން:
ފެލިދޫ ރައްޔިތުންގެ މިދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.
ނީލަމުގައި ވިއްކާލެވޭ ތަކެތީގެ މަޢުލޫމާތު:
# |
ތަފްޞީލް |
ހުރި ޚާލަތު |
ނީލަން ފެށޭއަގު |
އިތުރުކުރެވޭ އަގު |
01 |
ޖަނަރޭޓަރ 45 ކިލޯވޯޓް ވޯޓަރކޫލް( ކަމިންސް ) |
ފިއުލް ޕަންޕު މައްސަލަ ޖެހިފައި |
-/1000ރ |
-/500ރ |
01 |
ޖަނަރޭޓަރ 56 ކިލޯވޯޓް އެއަރކޫލް ( ޑޮއިސް ) |
އިންޖީނުގެ ޕެނަލްބޯޑް ހަލާކުވެފައި |
-/1000ރ |
-/500ރ |
01 |
ޖަނަރޭޓަރ 56 ކިލޯވޯޓް އެއަރކޫލް ( ޑޮއިސް ) |
އިންޖީނުގެ ޕެނަލްބޯޑް ހަލާކުވެފައި |
-/1000ރ |
-/500ރ |
01 |
ޖަނަރޭޓަރ 27 ކިލޯވޯޓް ވޯޓަރކޫލް( ނައްމާ ) |
ފިއުލް ޕަންޕު މައްސަލަ ޖެހިފައި |
-/1000ރ |
-/500ރ |
01 |
ޖަނަރޭޓަރ 80 ކިލޯވޯޓް އެއަރކޫލް ( ޑޮއިސް ) |
ބޭނުންކުރެވޭ ހާލަތުގައި |
-/5000ރ |
-/500ރ |
01 |
ބޮބި ކުނޑިހަދާ މެޝިން |
ބޭނުންކުރެވޭ ހާލަތުގައި |
-/2000ރ |
-/500ރ |
މި ނީލަމުގައި ބައިވެރިވުމަށް ބޭނުންވެލައްވާ ފަރާތްތަކުން 07 އޮކްޓޯބަރ 2018 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ މެންދުރު 2:00 ކުރިން
ފެލިދޫ ކައުންސިލްގެ އިދާރާއަށް އަގު ހުށަހަޅުއްވަމުން ގެންދެވުން އެދެމެވެ. އަގު ހުށައަޅަންވާނީ އައި.ޑީ.ކާޑު ގެ ފޮޓޯކޮޕީއާއި އެކު ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
ހުށަހެޅޭ އަގުތައް ފެލިދޫކައުންސިލް އިދާރާގެ ނޯޓިސްބޯޑުގައި ހުންނާނެއެވެ. މިގޮތުން ވިދިވިދިގެން 3 ދުވަހު އެއްއަގެއް އޮވެއްޖެނަމަ، އެފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.
އަދި މި ތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި
ނުގެންދަވައިފި ނަމަ ނީލަން ބާޠިލްކޮށް އެ ތަކެތި އަލުން ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ނެންގެވުމަށް ފަހު ނުގެންދެވި ފަރާތަށް
ބައިވެރި ނުވެވޭނެ ކަމުގައި ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށްޓަކައި މިއިދާރާގެ ނަމްބަރ 6700720 ފޯނާއި ގުޅުއްވުމުންވެސް ސާފުވާނެއެވެ.
20 މުހައްރަމް 1440
30 ސެޕްޓެމްބަރ 2018