މަސައްކަތް
ނަންބަރު: (IUL)GS08/2018/46
ޕަބްލިޝްކުރި ތާރީޚް: 27 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 08 އޮކްޓޫބަރު 2018 13:00
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ހއ.އަތޮޅު ތަޢުލީމީ މަރުކަޖުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯރމް ފެހުން

1.މިމަރުކަޒުންދޭ މަޢުލޫމާތާ އެއްގޮތަށް މިމަރުކަޒުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯރމް 2019 ވަނަ އަހަރުން ފެށިގެން ކުރިއަށްއޮތް 03 އަހަރަށް ފަހައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 2.މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 ސެޕްޓެމްބަރ 30 އިން 2018 އޮކްޓޯބަރ 08 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 3.މިޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2018 އޮކްޓޯބަރ 07 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 4.މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2018 އޮކްޓޯބަރ 09 ވާ އަންގާރަ ދުވަހުގެ 11:00 ގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

 5.ނަންނޯޓް ނުކުރައްވާ ފަރާތަކަށް މަޢުލޫމާތު ސާފުކުރުމުގައާ އަންދާސީހިސާބު ހުށަހެޅުމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދެންނެވީމެވެ.

 6.ބިޑް ހުޅުވުން އޮންނާނީ 2018 އޮކްޓޯބަރ 14 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

 7.މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 8.ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ހއ. އަތޮޅު ތަޢުލީމީ މަރުކަޒު

  ޝާރިޢުލްއމީނު މަގު، ދިއްދޫ، ދިވެހިރާއްޖެ.

  ފޯން:  6500014, 6500076

  އީ-މެއިލް: [email protected],mv

 ކޮޕީ އީ-މެއިލް: [email protected]

27 ސެޕްޓެންބަރު 2018