ދިވެހިރާއްޖެ
އިޢުލާން
'އެސްޓެބްލިޝިންގ އެންޑް ސްޓްރެންތަނިންގ ނޭޝަނަލް ޑެޒިގްނޭޓަޑް އޮތޯރިޓީ (އެން. ޑީ. އޭ.) އެންޑް ޑިވެލޮޕިންގ ސްޓްރެޓީޖިކް ފްރޭމްވާރކް ފޯ އެންގޭޖްމަންޓް ވިތު ދަ ޖީ.ސީ.އެފް. އިން ދަ މޯލްޑިވްސް' މަޝްރޫޢުގެ ދަށުން ކޮންސަލްޓަންޓެއް ހޯދުން
ސުރުޚީގައި ދެންނެވިފައިވާ ޕްރޮގްރާމަކީ، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށާއި، މިކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް އަދި މިދާއިރާގެ ހިންގުން ހަރުދަނާ ކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއިން ރާއްޖެއަށް ހިލޭއެހީ ހޯދުމަށް އިތުރަށް މަގުފަހިކުރުމުގެ ގޮތުން ގްރީން ކްލައިމެޓް ފަންޑް (ޖީ. ސީ. އެފް.) އާ ގުޅިގެން މަސައްކަތް ކުރުމަށް ހިންގޭ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ގްރީން ކްލައިމެޓް ފަންޑަށް ރާއްޖެއިން ކަނޑައަޅާފައިވާ ނޭޝަނަލް ޑެޒިގްނޭޓަޑް އޮތޯރިޓީ (އެން. ޑީ. އޭ.) ގެ ގޮތުން މި މިނިސްޓްރީން ކުޅެންޖެހޭ ދައުރުއަދާ ކުރުން މިހާރަށް ވުރެ ހަރުދަނާކުރުމަށާއި، ރާއްޖޭގެ ފަރާތުން ޖީ.ސީ.އެފް. ގެ އެހީ ހޯދާނެގޮތް ޕްލޭންކުރުމަށް ސްޓްރެޓީޖިކް ފްރޭމްވާރކެއް ތައްޔާރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް (ޓާރމްސް އޮފް ރެފަރަންސްގައި ބަޔާން ކޮށްފައިވާގޮތަށް) ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މި މިނިސްޓްރީން ހުޅުވައިލަމެވެ. މި މަސައްކަތް ކުރުމަށް އެދި ހުށަހަޅަންވާނީ ކޮންސަލްޓަންޓެކެވެ.
މި މަސައްކަތުގެ "ޓާރމްސް އޮފް ރިފެރެންސް" ޑައުންލޯޑު ކުރެވޭ ގޮތައް، މި އިޢުލާނާއި އެކު ހިމަނާފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.
ހުށަހަޅަށްޖެހޭ ތަކެތި:
- އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (ސިޓީ)
- ކޮންސަލްޓަންޓްގެ ވަނަވަރު
- ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ރެފަރެންސް ސިޓީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ
- މަސައްކަތް ކުރުމަށް ހުށަހަޅާ މެތޮޑޯލޮޖީ
- މަސައްކަތުގެ އަގު
ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ސުންގަޑި
- މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "ޓާރމްސް އޮފް ރިފަރެންސް" ގައި ދެންނެވިފައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު 9 އޮކްޓޫބަރު 2018 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް "ޕްރޮޕޯސަލް" ހުށަހެޅުއްވުންއެދެމެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ އުރައެއްގައެވެ.
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:
ޕްރޮކިޔުމަންޓް ސެކްޝަން
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392 ، ދިވެހިރާއްޖެ
މާފަންނު، ހަނދުވަރީ ހިނގުން
ފޯނު ނަންބަރު: +9603018306 ، 3018329+960