ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)133-AS/133/2018/16
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 09 ސެޕްޓެންބަރު 2018 13:00
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް އަލުން އިޢުލާން ކުރުން

      މިޑިޕާޓްމަންޓަށް 04 ކޮމްޕިއުޓަރ ސިސްޓަމް ޑުއެލް މޮނިޓަރާއެކު ގަންނަން ބޭނުންވެގެން ކުރި ނަމްބަރު IUL)133-AS/133/2018/12)  (ސެޕްޓެމްބަރ 04، 2018) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީވެ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

      ވީމާ ކޮމްޕިއުޓަރ ސިސްޓަމް ޑުއެލް މޮނިޓަރާއެކު ވިއްކެވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 02 އޮކްޓޯބަރ 2018 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 09 އޮކްޓޯބަރ 2018 ވާ އަންގާރަ ދުވަހު 13:00 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ނޯޓް: މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 
26 ސެޕްޓެންބަރު 2018