ދިވެހިރާއްޖެ
އިޢުލާން
|
ދުންފަތުގެ އިސްތިމާލް ކުރުން މަދުކުރުމަށް ދުނިޔޭގެ ބައެއް ޤައުމުތަކުގައި ހިންގާ ހިލޭއެހީގެ ޕްރޮގްރާމެއް ކަމުގައިވާ "ބުލޫމްބާރގް އިނީޝިއޭޓިވް ޓު ރެޑިއުސް ޓޮބޭކޯ ޔޫސް"ގެ ދަށުން ދިވެހިރާއްޖޭގައި ހިންގާ މަޝްރޫޢު"ބްލޫމްބަރގް ޕްރޮޖެކްޓް" ގައި މަސައްކަތް ކުރުމަށްޓަކައި ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއެވެ. |
|
|
މަގާމު |
ޕްރޮޖެކްޓް މެނޭޖަރ |
|
ބޭނުންވާ އަދަދު |
01 (އެކެއް) |
|
މަގާމުގެ ގިންތި |
ވަގުތީ |
|
ކޮންޓްރެކްޓްގެ މުއްދަތު |
31 މޭ 2019 ގެ ނިޔަލަށް |
|
މުސާރަ |
މަހަކު 18,560.00 ރުފިޔާ |
|
މަސައްކަތް ކުރަންޖެހޭ ތަން |
ހެލްތް ޕްރޮޓެކްޝަން އެޖެންސީ |
|
ޑިވިޜަން / ސެކްޝަން |
ހެލްތް ޕްރޮމޯޝަން އެންޑްކްރޯނިކް ޑިޒީސް ޑިވިޜަން / ޓްބޭކޯ ކޮންޓްރޯލް އެންޑް ސަބްސްޓެންސް އެބިއުޒް ސެކްޝަން |
|
ތަޢުލީމާއި ތަޖުރިބާ |
އަންނަނީވި ތަޖުރިބާ ލިބިފައިވާ ނަމަ އިސްކާން ދެވޭނެއެވެ: - ޞިއްޙީ ދާއިރާގައި 1 އަހަރު ނުވަތަ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. - ބައިނަލްއަޤްވާމީ ފެންވަރުގެ ޕްރޮޖެކްޓެއްގައ 1 އަހަރު ދުވަހަށްވުރެ ގިނަ ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން ނުވަތަ މިފަދަ ގުޅުންހުރި ޕްރޮޖެކްޓްތަކުގައި މަސައްކަތު ތަޖުރިބާ ލިބިފައިވުން. - އޯގަނިޒޭޝަނަލް ސައިކޮލޮޖީ ނުވަތަ ސޯޝަލް ބިހޭވިއަރަލް ޗޭންޖް (އިޖްތިމާއީ ބަދަލުތައް ގެނެވޭނެ ގޮތްތައް) - މި ދާއިރާތަކުން ކުރު ތަމްރީން، ނުވަތަ ތަޖުރިބާ ލިބިފައިވުން - ފަރިތަކަމާއެކު ދިވެހި ބަހުން އަދި އިނގިރޭސި ބަހުން ވާހަކަ ދައްކާ ލިޔަން ހުނަރުވެރި ފަރާތެއް ކަމުގައިވުން؛ މިގޮތުން ޖީ.ސީ.އީ އޭލެވެލް ނުވަތަ އެސް.އެސް.އީ. އިނގިރޭސި މިމާއްދާއިން ދަށްވެގެން 'ބީ' ފާސްލިބިފައިވުން، ނުވަތަ އައި.އީ.އެލް.ޓީ.އެސް އިމްތިހާނުން ދަށްވެގެން 7.0 ސްކޯރ ލިބިފައިވުން. - މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތައް ހައްލުކުރެވޭނެ ޤާބިލްކަން ހުރުމާއެކު، ލީޑަރެއްގެ ގޮތުގައި އެކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމާއި، ގިނަވަގުތު މަސައްކަތުގައި ހީވާގިކަމާއެކު އުޅޭވޭނެ ފަރާތެއްކަމުގައިވުން އަދި ރާއްޖެ އާއި ރާއްޖޭން ބޭރަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ ފަރާތެއް ކަމުގައިވުން. - ސަރުކާރުގެ އިސްބޭފުޅުންނާއި، މާލީ އެހީދޭ ބޭރުގެ އޭޖެންސީތަކާއި، މުޖްތަމާއުގައި ތަފާތު ފަރާތްތަކަށް މުޢާމަލާތުކޮށް ލަނޑުދަނޑި ހާޞިލްކުރުމުގެ ހުނަރު ލިބިފައިވުން؛ މިގޮތުން ތަފާތު ފަރާތްތަކަށް މައުލޫމާތު ހުށަހެޅުމުގެ ހުނަރު ލިބިފައިވުން. - މައިކްރޯސޮފްޓް އޮފީސް (ވާރޑް، އެކްސެލް، ޕަވާޕޮއިންޓް) ފަރިތަކަމާއެކު މަސައްކަތް ކުރަން އެނގޭ ފަރާތަކަށް ވާންޖެހޭނެއެވެ، އަދި މައިކްރޯސޮފްޓް ޕްރޮޖެކްޓް ފަދަ މަސައްކަތާއި ގުޅުންހުރި ސޮފްޓްވެއަރ ބޭނުންކުރުމުގެ ހުނަރު ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. - ދުންފަތުގެ އިސްތިޢުމާލު ނުކުރާފަރާތެއްކަމުގައި ވުން .އެއްވެސް އިރެއްގައި ދުންފަތުގެ އިސްތިޢުމާލު ކޮށްފައިނުވާ ފަރާތަކަށް، ނުވަތަ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލާފައި 3 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް އޭގެން ސަލާމަތްވެފައިވާ ފަރާތަކަށްވުން. - ދުންފަތުގެ ސިނާއަތާ އެއްވެސް ގާތް ގުޅުމެއް ނެތް، އަދި އެސިނާޔަތުން އެއްވެސް ފައިސާއެއް ނުވަތަ ސީދާ އެހީއެއް ލިބެމުންދާ ފަރާތަކަށްވުން. |
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
- ޕްރޮޖެކްޓް މެނޭޖްކުރުމާއި ޕްރޮޖެކްޓްއާއި ގުޅޭ އެއްމެހައި މަސައްކަތްތައް ކުރުން. - ޕްރޮޖެކްޓްގެ ވޯރކް ޕްލޭނާއި އެއްގޮތަށް ޕްރޮޖެކްޓް ކުރިއަށް ގެންދެވުން. - ޕްރޮޖެކްޓާއި ގުޅޭގޮތުން ފޮނުވަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމާއި ފޮނުވުން. - ޕްރޮޖެކްޓާއި ގުޅޭ މަސައްކަތްތަށް މޮނީޓާކުރުން. - ޕްރޮޖެކްޓާއި ގުޅޭގޮތުން ކުރަންޖެހޭ އެއްމެހައި މުޢާމަލާތްތަށް ކުރުން. - ޕްރޮޖެކްޓްގައި ހިމެނޭ އެހެން ސްޓާފުން ސުޕަވައިޒް ކުރުން. (މިމަސައްކަތުގެ ތެރޭގައި، ގިނަ ބަލިތަކުން ސަލާމަތްވެ ތިބުމަށާއި ދިރިއުޅުމުގެ ވައްޓަފާޅި ގެ ދުޅަހެޔޮކަމާއި އުފާވެރިކަން އިތުރުކުރުމަށް ކުރަން މުހިންމު ކަންތައްތައް ޕްރޮމޯޓް ކުރުމަށާއި މިކަންކަމަށް ވަކާލާތް ކުރުމަށް ހިނގާ ތަފާތު ޕްރޮގްރާމްތަކާއި ހަރަކާތްތައް ރާވާ ހިންގުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.) |
|
މަގާމު |
ޕްރޮޖެކްޓް އޮފިސަރ |
|
ބޭނުންވާ އަދަދު |
01 |
|
މަގާމު ގިންތި |
ވަގުތީ |
|
ކޮންޓްރެކްޓްގެ މުއްދަތު |
31 މޭ 2019 ގެ ނިޔަލަށް |
|
މުސާރަ |
މަހަކު 17,600.00 ރުފިޔާ |
|
ތަޢުލީމާއި ތަޖުރިބާ |
ނުވަތަ
ނުވަތަ
|
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
ބްލޫމްބާރގް ގްރާންޓް ޕްރޮގްރާމްގެ ވޯރކް ޕްލޭންއާއި އެއްގޮތަށް، ޕްރޮޖެކްޓާއި ގުޅޭ މަސައްކަތްތަށް ސްޕަވައިޒާރގެ ކަފާގެ މަތިން ކުރުން. |
|
ހުށަހަޅަންޖެހޭ ލިޔުންތައް |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި |
މިމަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 7 އޮކްޓޫބަރު 2018 ވަނަ ދުވަހުގެ 30:13 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ ގައި) ގެ ކައުންޓަރއަށެވެ. |
|
އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: |
2018 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައި. ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
އިތުރުމަޢުލޫމާތު |
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014455 ނަންބަރު ފޯނަށެވެ. ނުވަތަ 3014326 ނަންބަރު ފޯނަށެވެ. |