ދިވެހިރާއްޖެ
މިސްކޫލުގައި މަސައްކަތްކުރާނޭ ރިލީފް ޓީޗަރުން ހޯދުމަށް ބޭނުންވެއްޖެ
މަޤާމް: ރިލީފް ޓީޗަރ (ޤުރުއާން)
އޮފީސް: ރ.ވާދޫ ސްކޫލް
ސެކްޝަން: އެކަޑެމިކް ސެކްޝަން
ބޭނުންވާ ޢަދަދު: 1
ކިޔަވައިދެއްވާ ގްރޭޑް: ގްރޭޑް 1 ނ ނ ް 8ގެ ކްލާސްތަކުގެ ޤުރުއާން
މުއްދަތު: 1 މަހާއި 12 ދުވަސް
މަޤާމް |
ޝަރުތު |
މަޤާމުގެ އަސާސީ މުސާރަ |
ސާރވިސް އެލަވަންސް |
ރިލީފް ޓީޗަރ
|
ސާނަވީ ތަޢުލީމް ހާސިލްކޮށްފައިވުން |
4500.00 |
1500.00 |
ސާނަވީ ތަޢުލީމް ހާސިލްކޮށްފައިވުން
|
5500.00 |
1500.00 |
|
ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާޞިލްކޮށްފައިވުން |
6090.00 |
2500.00 |
މަޤާމުގެ މަސްޢޫލިއްޔަތާއި ވާޖިބުތަކުގެ ޚުލާސާ:
- ހަވާލުކުރެވޭ ކްލާސްތަކުގައި ކިޔަވައިދިނުމަށްޓަކައި މުޤައްރަރުގައިވާ ބައިތަކަށް ބަލައިގެން ސްކީމް އޮފް ވޯކް އެކުލަވާލުން.
- ކިޔަވައިދޭން ހަވާލުކުރާ ކްލާސްތަކުގައި ކިޔަވައިދެއްވުމަށްޓަކައި ސްކޫލުން އަންގާ ގޮތެއްގެ މަތީން ލެސަންޕްލޭން ހައްދަވާ ކުލާސްތަކަށް ގަޑިނަންގަވައިދިނުން.
- ދަރިވަރުން ހާޞިލްކުރާ މިންވަރު ދެންނެގަތުމަށްޓަކައި ސްކޫލްގެ އެސެސްމެންޓް ޕޮލިސީއާއި އެއްގޮތްވާގޮތުގެ މަތީން އެސެސްމެންޓްތައް ދިނުމާއި އެސެސްމެންޓްތަކުގެ ރެކޯޑްތައް ބެލެހެއްޓުން.
- ސްކޫލާއި ސްކޫލުން ބޭރުގައި ދަރިވަރުންގެ ނަމޫނާއަކަށްވުން.
ހުށައަޅަންޖެހޭ މަޢުލޫމާތު
- ވަޒީފާއަށް އެދޭފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ (މުއްދަތު ހަމަނުވާ) ކޮޕީއަކާއި ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭނެ ފޯން ނަމްބަރާއިއެކު)
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ފޯމް ފުރިހަމަކުރުމަށްފަހުގައި)
އިތުރު މަޢުލޫމާތު
- މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6580362 މިނަންބަރު ފޯނާއެވެ.
- ވަޒީފާއަށް އެދި ހުށައަޅާ ފޯމާއިއެކު ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައި ނުވާނަމަ އެފޯމް ބާޠިލްކުރެވޭނެއެވެ.
- މިމަޤާމަށް އިންޓަރވިއު ކުރުމަށް ޝޯޓްލިސްޓް ކުރެވޭނީ މަޤާމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މިއޮފީހުން ކަނޑައަޅާ ޢަދަދެއްގެ ފަރާތްތަކެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވުނުކަން އަންގާނީ ޝޯޓްލިސްޓު ކުރެވުނު ފަރާތްތަކަށް އެކަންޏެވެ.
- މިމަޤާމަށް ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ހޮވޭ ބޭފުޅުންގެ މަޤާމް ހަމަޖައްސާނީ ތިރީގައިމިވާ ކަންތައްތަކަށް ބަލައިގެންނެވެ.
ü ތަޢުލީމާއި ތަމްރީން
ü މަސައްކަތުގެ ތަޖުރިބާ
ü މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް
- މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިއޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް
- ކަނޑައެޅިފައިވާ ގޮތުގެމަތީން އިތުރުގަޑީގެ ފައިސާ ލިބިވަޑައިގަންނަވާނެއެވެ.
ސުންގަޑި
- މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން 07 އޮކްޓޯބަރ 2018ވާ އާދިއްތަ ދުވަހުގެ އޮފީސްބަންދުވުމުގެ ކުރިން މިސްކޫލަށް ފޯމް ހުށައެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށައަޅާ ފޯމާއިއެކު ވަޒީފާއަށް އެދި ހުށައަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައި ނުވާނަމަ އެފޯމް ބާޠިލްކުރެވޭނެއެވެ.
އިންޓަރވިއު ކުރެވޭނެ ތަނާއި ތާރީޚް
- ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކާއި އިންޓަރވިއުކުރުން އޮންނާނީ ވާދޫ ސްކޫލުގައެވެ. އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި ފަހުން އެންގޭނެއެވެ. އިންޓަވިއުއަށް ހާޟިރުވެލައްވާއިރު ހުށައަޅުއްވާ ޑޮކިޔުމަންޓްތަކުގެ އަސްލު ގެންނެވުމަށް ސަމާލުކަން ދެއްވުން އެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
16 މުޙައްރަމް 1440
26 ސެޕްޓެމްބަރ 2018