ކުއްޔަށް ދިނުން
ނަންބަރު: (IUL)335-AS/335/2018/73
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2018
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 18 އޮކްޓޫބަރު 2018 12:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެފޭ ރެސްޓޯރެންޓް ފަދަކަންކަމަށް ބިން ކުއްޔަށް ދޫކުރުމާބެހޭ

އިޢުލާން

ކެފޭ ރެސްޓޯރެންޓް ފަދަކަންކަމަށް ބިންކުއްޔަށްދޫކުރުން

           ރަށުގެބަނދަރުގެ ދެކުނުކޮޅު އެއްގަމާ ވީފަރާތުން (ކުރީގެ ތެޔޮތާގީ ގެ އުތުރުން) ކެފޭ ރެސްޓޯރެންޓް ހެދުމަށް ދޫކުރެވޭ މިރަށުގެ އައުޓްލައިން ޗާރޓްގައި ފާހަގަ ކުރެވިފައިވާ 3.2 އަދި 3.3 ޖަހާފައިވާ 2700 އަކަފޫޓް ގެ ދެބިން  ކުއްޔަށް ދިނުމަށް ފުރުޞަތު ހުޅުވާލަމެވެ.

           ވީމާ، މިދެބިން  ކެފޭ ރެސްޓޯރެންޓް ހިންގުމަށް ކުއްޔަށް ހިފަން ޝައުޤުވެރިވާ ފަރާތް ތަކުން ތިރީގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް " ކުލީބިމަށް އެދޭފޯރމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، ބީލަން  ހުށަހެޅުއްވުން އެދެމެވެ. ބިޑްގަންނަފަރާތްކަމަށް ލިޔުމުގައި ބަޔާންކޮށްފައިވާ ފަރާތުގެ ބަދަލުގައި އެހެންފަރާތަކަށް ބިޑްހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ކުލީބިމަށް އެދޭ ފޯރމް ވިއްކުން

(ކުލީބިމަށް އެދޭ ފޯރމް ވިއްކުމަށް ހަމަޖެހިފައިވަނީ 500.00 ރުފިޔާއަށް )

08 އޮކްޓޯބަރ 2018 ވާ ހޯމަ ދުވަހުން ފެށިގެން 18 އޮކްޓޯބަރ 2018 ވާ ބުރާސްފަތި ދުވަހަށް

ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ފެށިގެން 12:00

ހިންމަފުށީ ކައުންސިލްގެ އިދާރާއިން

މަޢުލޫމާތު ދިނުން  

22 އޮކްޓޯބަރ 2018  ވާ ހޯމަ ދުވަސް

މެންދުރު 12:30  

ހިންމަފުށީ ކައުންސިލްގެ އިދާރާ

ބީލަން ހުށަހެޅުން

( ކުލީބިމަށް އެދޭފޯރމް ހުށަހެޅުން )

29 އޮކްޓޯބަރ 2018  ވާ ހޯމަ ދުވަސް

މެންދުރު 12:00

ހިންމަފުށީ ކައުންސިލްގެ އިދާރާ

          ބިޑްފޯރމް ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަފޯރމްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. މިބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6642024 ނަންބަރު ފޯނާއެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ސެޕްޓެންބަރު 2018